އައިޖީއެމްއެޗް / ފޮޓޯ: ދަ ޕްރެސް

އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރި އަދަދު އިތުރުވެއްޖެ

އަރިދަފުސް ރޯގާ ޖެހިފައިވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. އެޗްޕީއޭ އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ޖުލައި މަހު އަރިދަފުސް ރޯގާގެ 3838 ކޭސް ރިޕޯޓްކޮށްފައިވެ އެވެ. އަދި މިދިޔަމަހުގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައި ވަނީ 11348 ކޭސް އެވެ. އޭގެ އިތުރުން ވޭތުވެދިޔަ 3 އަހަރު (2018-2020) އަޅާބަލާއިރު މިއަހަރު މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު އިތުރުވެފައިވާކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ. އެހެން ކަމުން އަރިދަފުސް ރޯގާއިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަރިދަފުސް ރޯގާގެ އިތުރުން ޑެންގޫ ހުމަށް ބަލާއިރު މިދިޔަ ޖުލައި މަހު ޑެންގޫ 20 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އަދި މިދިޔަމަހުގެ ތެރޭގައި ޑެންގޫ ޖެހިގެން ރިޕޯޓްކޮށްފައި ވަނީ 9 ކޭސްއެވެ. އޭގެ އިތުރުން ވޭތުވެދިޔަ 3 އަހަރު (2018-2020) އަޅާބަލާއިރު މިއަހަރު މިހާތަނަށް ޑެންގޫ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު މަދުވެފައިވާކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ. އެޗްޕީއޭ އިން ވަނީ ސިއްހީ ގޮތުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކަކުން ފިޔަވަޅު އެޅުމަށް ވެސް އިލްތިމާސްކޮށްފައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!