ފިޝަރީސް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން -- ފޮޓޯ/ މަޖިލިސް

މަސްވެރިންނަށް ހަމަ އަގު ލިބޭނީ 2023 ވަނަ އަހަރު: ފިޝަރީސް މިނިސްޓަރު

މަސްވެރިންނަށް ހަމަ އަގު ދިނުމުގެ ވައުދު ފުއްދޭނީ ޅ. ފެލިވަރުގައި މިހާރު ހިންގަމުން އަންނަ މަޝްރޫއު ނިމުމުން ކަމަށް ފިޝަރީސް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ. ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ސުވާލަކަށް ޖަވާބު ދެއްވަން މިއަދު މިނިސްޓަރު ހުސެއިން މަޖިލީހަށް ވަޑައިގަތެވެ. މެމްބަރު ޝިޔާމްގެ ސުވާލަށް ފަހު އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ވަނީ މި ސަރުކާރުގެ ވައުދެއް ކަމަށްވާ މަސްވެރިންނަށް “ހަމަ އަގު” ހޯދައިދިނުމުގެ ވައުދު ފުއްދައިދެވޭނީ ކޮން އިރަކުތޯ ސުވާލުކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ އިންޑިއަން އެކްޒިމް ބޭންކުގެ ލޯނަކުން މި ސަރުކާރުން ފެލިވަރުގައި ހިންގަމުން އަންނަ މަޝްރޫއުތައް ހިއްސާކުރައްވައިފައެވެ. މިނިސްޓަރު ވިދާޅުވީ 35 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓާއެކު ފެލިވަރުގައި 280 ޓަނު ރޯމަސް ގަނެ، ފްރީޒްކުރުމުގެ ގާބިލްކަން ލިބިގެން ގޮސް، އިތުރު 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ގާއިމްކުރެވިގެންދާނެ ކަމަށެވެ. “އެ ރަށުގައި ކޭނަރީ މިހާރު ހުރީ 30 ޓަނު ޕްރޮސެސްކުރެވޭ ކޭނަރީއެއް. މި ސަރުކާރުން މި ދަނީ އެތަން 100 ޓަނު ދުވާލަކުު ގަނެ ޕްރޮސެސްކުރެވޭ ގޮތަށް ބަދަލުކުރަމުން. މިއީ މިއިން ޒަމާނަކު ވެސް ރާއްޖޭގައި ނުކުރާ ފަދަ އިންވެސްޓްމެންޓެއް,” މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން މި ޕްރޮޖެކްޓުގެ ދަށުން އަޅާ އައިސް ޕްލާންޓާއި ބަޖެޓުން ހަރަދުކޮށްގެން އަޅަމުން ގެންދާ އައިސް ޕްލާންޓާއެކު 175 ޓަނުގެ އައިސް ފެލިވަރުގައި އުފެއްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. “އެހެންވީމާ މި ޕްރޮޖެކްޓު މިހާރު އޮތީ ފެށިފައި. ކުރިން މި ދެންނެވި ބިޔަ މަޝްރޫއު. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި 2023 ވަނަ އަހަރުގެ މެދު ތެރޭގައި ނޫނީ އޭގެ ކުރީކޮޅު އިރާދަކުރެއްވިއްޔާ ފުރިހަމަ ކުރެވޭނެ,” މިނިސްޓަރު ވިދާޅުވިއެވެ. މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!