ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަރަހަނާ ފޮޓޯތަކެއް ލީކުކުރިކަމުގެ ތުހުމަތުގައި މީހެއްގެ މައްޗަށް ދައުވާ އުފުލައިފި

ޓެލެގުރާމާއި ސޯޝަލް މީޑިއާގައި މީހުންގެ ބަރަހާނާ ފޮޓޯ ލީކުކުރިކަމުގެ ތުހުމަތުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ. އެ އޮފީހުން ދައުވާ އުފުލާފައިވަނީ، މއ. އިސްޕަންޖުގެ، މުހައްމަދު މަސާއިދު ބިން ސައީދުގެ މައްޗަށެވެ. އެގޮތުން އޭނާގެ މައްޗަށް ޖުމްލަ 11 ދައުވާއެއްވަނީ އުފުލާފައެވެ. އެގޮތުން އޭނާގެ މައްޗަށް އުފުލާފައިވަނީ: އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 22ވަނަ ދުވަހެވެ. ހައްޔަރުކޮށްފައިވަނީ ފޯނެއް ހެކްކޮށް ފޮޓޯތަކެއް ލީކުކޮށްލި މައްސަލައަކާ ގުޅިގެންނެވެ. ފުލުހުން ބުނީ މަސާއިދަކީ މީގެ ކުރިން ވެސް އެފަދަ މައްސަލައެއްގެ ރެކޯޑުއޮތް މީހެއްކަމަށެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!