ހިޔާ ފްލެޓުގައި ސޮއިކުރުން ކުރިއަށް ދަނީ / ފޮޓޯ: ދަ ޕްރެސް

ފްލެޓް ލިބުނު މީހުން: އެއްބަސްވުމުގައި ސޮއިކުރުން މާދަމާ ވެސް ކުރިއަށް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފުލެޓު ލިބުނު މީހުންގެ އެއްބަސްވުމުގައި ސޮއިކުރުން މާދަމާ ވެސް ކުރިއަށްދާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ. އެޗްޑީސީން ބުނީ ހިޔާ ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލު ނުކުރެވިވާ ފަރާތްތަކުން، އަންގާ ގަޑިތަކުގައި، އެއްބަސްވުން ތައްޔާރުކުރަން ކޮންމެހެން ބޭނުންވާ މައުލޫމާތު، ފުރިހަމަކޮށް، ހުޅުމާލެގައި ހުންނަ ސެންތުރޯ މޯލްގެ ދެ ވަނަ ފަންގިފިލާއަށް ހާޒިރުވުމުން މައުލޫމާތު ކަށަވަރު ކުރުމަށްފަހު އެއްބަސްވުމުގައި ސޮއި ކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ. އެގޮތުން ފުލެޓު ބަދަލު ކުރަން އެދި ހުށަހަޅާފައިވާ ފަރާތްތައް ފިޔަވާ ޓަވަރު H3 ،2 ،H1 އަދި H4 އިން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލު ނުކުރެވިވާ ފަރާތްތަކުން ފޯމުތައް ފުރިހަމަކުރުމަށްފަހު މާދަމާ ހެނދުނު 09:00 އާއި 12:00 އާދެމެދު ހާޒިރުވުމަށް އެޗްޑީސީން ވަނީ އަންގާފައެވެ. އެޗްޑީސީން ވަނީ ސޮއި ކުރަން ހާޒިރުވާން ޖެހޭ ގަޑި އަށް ހާޒިރުވުމަށް އިލްތިމާސްކޮށްފައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!