އެމްއެންޑީއެފްގެ ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން މަރުވުމާއި ގުޅިގެން އެމްއެންޑީއެފުން މިއަދު ގެނައި ހަމަހިމޭން ކަމުގެ ސުކޫތުގެ ތެރެއިން/ ފޮޓޯ: އެމްއެންޑީއެފް

ސުލްތާން މަރުވުމާއި ގުޅިގެން އެމްއެންޑީއެފުން ހަމަހިމޭން ކަމުގެ ސުކޫތެއް ގެނެސްފި

އިންޑިއާގެ ނެޝަނަލް ޑިފެންސް އެކަޑެމީ (އެންޑީއޭ) ގައި ތަމްރީނުތައް ހަދަމުން ދަނިކޮށް މަރުވި އެމްއެންޑީއެފްގެ ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން ގެ މަރާ ގުޅިގެން އެމް އެންޑީއެފުން 1 މިނެޓުގެ ހަމަހިމޭން ކަމުގެ ސުކޫތެއް ގެނެސްފިއެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ ކެޕްޓަން ހަނާ މުހައްމަދު “ދަ ޕްރެސް”އަށް ވިދާޅުވީ އެމްއެންޑީއެފްގެ ހުރިހާ ޔުނިޓް އަދި އޭރިއާ ކޮމާންޑާތަކުގައި މިއަދު ބޭއްވި މަސްޓާ ޕެރޭޑްގައި ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން މަރުވުމާއި ގުޅިގެން އެކަމުގެ ހިތާމައިގާ ހަމަހިމޭން ކަމުގެ 1 މިނެޓްގެ ސުކޫތެއް ގެނެސްފައިވާ ކަމަށެވެ. ޕޫނޭގައި އެންޑީއޭގައި ތަމްރީނުތައް ފުރިހަމަ ކުރަމުން ދިޔަ އުމުރުން 22 އަހަރުގެ ސުލްތާން މަރުވީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި އޮތް ޓްރޭނިން އެއްގައި އޮތް ދިގު ދުވުމެއް ފުރިހަމަ ކުރަމުން ދަނިކޮށް ކަމަށް، އެމްއެންޑީއެފް އިން އިއްޔެ ވަނީ ބުނެފައެވެ. އެންޑީއޭ އިން ނެރުނު ބަޔާނުގައި އެ އިދާރާއިން ބުނީ އިއްޔެ މެންދުރުފަހު ތަމްރީނުތައް ހަދަމުން ދިޔަ ވަގުތު ސުލްތާން ވަނީ ހޭނެތިގެން ވެއްޓިފައި ކަމަށާއި، އެ އިދާރާއިން މަސައްކަތް ކުރި ނަމަވެސް، އޭނާގެ ފުރާނަ ސަލާމަތް ނުކުރެވުނު ކަމަށެވެ. ސުލްތާން މަރުވި ސަބަބު ހޯދުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ. 2018 ވަނަ އަހަރުގެ އޭޕްރިލްގައި އެމްއެންޑީއެފާ ގުޅުނު ސުލްތާން، އިންޑިއާގައި ފުރިހަމަކުރަމުން ދިޔައީ މިއަހަރުގެ މާޗުން 2024 ވަނަ އަހަރުގެ މާޗްގެ 15 އަށް ޕޫނޭގައި ހުންނަ ޑިފެންސް އެކަޑެމީގައި ކުރިއަށް ގެންދިޔަ 145 ވަނަ އޮފިސާ ކެޑޭޓު ކޯހެވެ. މިކޯހަށް ދިއުމުގެ ކުރިން އޭނާ މަސައްކަތް ކުރީ އިންޓަގްރޭޓަޑް ހެޑްކުއާޓާސް (ޖޭ-1) ގައެވެ. ސުލްތާންގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އިއްޔެ އެމްއެންޑީއެފުން ބުންޏެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!