ހުޅުމާލެ ފަޅުތެރޭގައި އަޅާފައިވާ ސަފާރީތަކެއް -- ފޮޓޯ: އަވަސް

ދިޔަވަމުން ދިޔަ ސަފާރީގައި ތިބި ހަ މީހެއްގެ ހާލު ދެރަ

މޫސުން ގޯސްވެ ދިޔަވަމުން ދިޔަ ސަފާރީގައި ތިބި ހަ މީހެއްގެ ހާލު ދެރަވެގެން މާލެ ގެނެސް ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

އެ މީހުން މާލެ ގެނައީ ހޭންޑީ ކްރޫސާ ސަފާރީ ނަމަކަށް ކިޔާ ސަފާރީއެއްގައި ތިއްބާ ކޯސްޓްގާޑުގެ ސިފައިންނެވެ.

އެމްއެންޑީއެފުން ބުނީ ސަފާރީއަށް ދިޔަވަމުން ދިޔައިރު އެ ވަގުތު އެ އުޅަނދުގައި 17 މީހަކު ތިބި ކަމަށެވެ.

ދިޔަވަމުންދިޔައިރު ސަފާރީ އޮތީ ތިލަފުށީގެ ހުޅަނގު ދެކުނުން ހަަތަރު ނޯޓިކަލް މޭލު ބޭރުގަ އެވެ.

އެމްއެންޑީއެފުން ބުނީ ސަފާރީއަށް ދިޔަވަމުންދާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 08:39 ހާއިރު ކަމަށެވެ. މައުލޫމާތު ލިބުމާއެކު ކޯސްޓްގާޑުގެ އުޅަނދު އެމްއޭ ސީޖީ އެސްކިއު އިން އެހީތެރިކަން ފޯރުކޮށް ދިން ކަމަށްވެސް ބުނެފައިވެ އެވެ.

ސަފާރީގައި ތިބި އެންމެން ވެސް މިހާރު ވަނީ އެންމެން ވެސް މާލެ ގެނެސްފަ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!