މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ: ބޭސްތަކެއް ކޭ ކުއްޖަކު ހާލު ދެރަވި ވާހަކަ ވަނީ ދޮގުކޮށްފައި

ބޭސްތަކެއް ކޭ ކުއްޖަކު ހާލު ދެރަވި ވާހަކަ ދޮގުކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ބޭސްތަކެއް ކައިގެން ހާލު ދެރަވެގެން ފަރުވާ ދެމުންދާ ވާހަކަ ޖެންޑާ މިނިސްޓްރީން ދޮގު ކޮށްފި އެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ގދ. ތިނަދޫގައި ޖެންޑާ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ބޭސްތަކެއް ކައިގެން ހާލު ދެރަވި ކަމަށް ރިޕޯޓްކޮށްފައިވާތީ އެވެ.

އެ މިނިސްޓްރީން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ދެކުނުގެ އަތޮޅެއްގައި ހުރި ކުއްޖެއް މިރޭގެ ވަގުތެއްގައި، އެކުއްޖާ ހުރި ރަށުގެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަަމަށެވެ. އެއީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކުއްޖެއް ކަމަށްވެސް ބުންޏެވެ.

“ކުއްޖާގެ ހާލު މިވަގުތު ރަގަޅު، އަދި ސްޓޭބަލް. މިކަމާއި ގުޅިގެން މި ސަރވިސް އިން ބަލަން ޖެހޭ ކަންކަން ހުރިކަމަށް ފެންނާތީ އެކަންކަން ބަލަން މިހާރު ވަނީ ފަށާފަައި. މިކަމުގެ މައުލޫމަތު އޮމްބަޑްސް ޕާސަންއާ ވަނީ ހިއްސާ ކުރެވިފައި،” އިހުމާލުތަކުގެ ސަބަބުން ތުހުމަތުތައް ބޮޑު ޖެންޑާއިން ބުންޏެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!