މާލޭ މަގުމަތީގައި ބަޔަކު ހިނގަނީ: ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިލާޔު ހިއްސާކުރުމަށް މިހާރު ވަނީ ޕޯޓަލްއެއް ހުޅުވާފައި -- އަވަސް ފޮޓޯ

މާލޭ ރައްޔިތުންގެ ޝަކުވާއަށް ޕޯޓަލްއެއް

މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ކަންކަމާ ގުޅުންހުރި ހިޔާލުތައް ޕޯޓަލްއެއް މެދުވެރިކޮށް ހުށަހެޅުމުގެ އިންތިޒާމްތައް ސިޓީ ކައުންސިލުން ހަމަޖައްސައިފި އެވެ.

ސިޓީ ކައުންސިލުން މިއަދު ބުނީ ޝަކުވާއާއި ހިޔާލު ހުށަހަޅަން ބޭނުންވާ ކޮންމެ މީހަކަށް ވެސް މިއަދުން ފެށެގެން އެ ޕޯޓަލް މެދުވެރިކޮށް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

ޕޯޓަލްގައި ހިޔާލު ނުވަތަ ޝަކުވާ ހުށަހަޅާއިރު އެމީހެއްގެ ފުރިހަމަ ނަމާއި، އީމެއިލް އެޑްރެސް ނުވަތަ ފޯންނަމްބަރާއި، އަވަށާއި، އެޑްރެސް ޖަހަން ޖެހެ އެވެ. އެއަށްފަހު ބޭނުންވާ ހިޔާލު ނުވަތަ ޝަކުވާ ހުށަހެޅޭނެ އެވެ.

އަދި ހުށަހަޅާ ކަންކަމާއި ގުޅިގެން ލިޔުމެއް ނުވަތަ ފޮޓޯއެއް ފޮނުވަން ބޭނުންނަމަ އެކަންވެސް ޕޯޓަލް މެދުވެރިކޮށް ކުރެވޭގޮތަށް ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

ސިޓީ ކައުންސިލްގެ ކަންކަމާ ގުޅޭގޮތުން ޝަކުވާ ނުވަތަ ހިޔާލު ހުށަހެޅުމަށް ގެނެވުނު ބަދަލަކީ ވީހާވެސް ލުއިފަސޭހަ ގޮތަކަށް ހިދުމަތްތައް ލިބިގަތުމަށް މަގުފަހިކުރުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމަށް ކައުންސިލުން ބުންޏެވެ. ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރަނީ ކައުންސިލްގެ އަމާޒެއް ކަމަށް މީގެ ކުރިން ވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!