ޖޭއެސްސީގެ މެންބަރުން: ހިސާން ހުސައިން އާއި އިބްރާހިމް ރިއްފަތު އަދި މަންސޫރު ހުސްނީ

ދ އަތޮޅު އިސްމެޖިސްޓްރޭޓް މަގާމުގެ ނުފޫޒުން ބޭނުންްކުރި މައްސަލަ ޖޭއެސްސީން ބަލަނީ

ދ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަހްމަދު އާމިރު މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރަށްވެހިކަން ބަދަލުކުރައްވައި ނާޖާއިޒް ފައިދާއެއް ހޯއްދެވި މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބަލަން ފަށައިފިއެވެ. ޖޭއެސްސީން އެމައްސަލަ ބަލާއިރު، އާމިރުގެ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ޖެއެސްސީއަށް ހުށަހަޅާފައިވާ ފަރާތަށް، އޭސީސީން އަންގާފައި ވަނީ އެ މައްސަލަ އަދި އޮތީ އިވެލުއޭޝަން މަރުހަލާގައި ކަމަށާއި މިހާރު އެ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ހޯދައިގެން އެ ލިޔުންތައް ދިރާސާކޮށް ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރާކަމަށެވެ. “ދަ ޕްރެސް” އަށް އެ މައްސަލަ ހުށައެޅި ފަރާތުން މައުލޫމާތު ދެމުން ބުނީ އާމިރު ދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް ހަވާލުވެވަޑައިގަތުމުގެ ކުރިން ހުންނެވީ ދ. ބަނޑިދޫ ކޯޓުގެ މެޖިސްޓްރޭޓަށް ކަމަށާއި ދ. ކުޑަހުވަދޫއަށް ރަށްވެހިކަން ބަދަލުކުރައްވާފައި ވަނީ އޮޅުވާލައިގެން މަކަރާއި ހީލަތުން މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކަމަށެވެ. އަދި އޭރު އޭނާ ހުމްނެވީ ބަނޑިދޫ ކޯޓުގެ މެޖިސްޓްރޭޓަށް ކަމުން ގާނޫނާ އެއްގޮތަށް އޭނާ އަށް ކުޑަހުވަދުއަށް ރަށްވެހިކަން ބަަދަލުކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ. އޭނާ ބުނިގޮތުގައި އާމިރު ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގައި ހުންނަވައި 2018 ވަނަ އަހަރު ރަށްވެހިކަން ބަދަލުކުރައްވާފައި ވަނީ ގާނޫނާ ހިލާފަށެވެ. މީގެއިތުރުން ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިޓްރޭޓް ކަމަށް ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި އާމިރުގެ ދާއިމީ އެޑްރެހަކަށް ޖަހާފައިވަނީ ވެސް ދ. ބަނޑިދޫގެ އެޑްރެސްކަމަށާއި ނަމަވެސް ފަހުން ޖޭއެސްސީއަށްވެސް އޭނާ އޮޅުވާލާފައިވާކަމަށް މައްސަލަ ހުށައެޅި ފަރާތުން މައުލޫމާތުދެއެވެ. އާމިރު ދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމަށް އައްޔަނުކޮށްފައި ވަނީ މި އަހަރުގެ ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހެވެ. އެ މަގާމާ ހަވާލުވުމާ ހަމައަށްވެސް އެނާއަކީ ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމުން އާމިރުއަށް ކުޑަހުވަދޫއަށް ރަށްވެހިކަން ބަދަލުކުރެވޭނެ ގޮތެއް ނެތްކަމަށްވެސް މައުލޫމާތު ލިބެއެވެ. އެގޮތުން އެއް ރަށުން އަނެއް ރަށަށް ރަށްވެހިކަން ބަދަލުކުރުމަށް އެރަށެއްގައި ދާއިމީކޮށް ފަސް އަހަރު ދިރިއުޅެން ޖެހޭއިރު، ފަސް އަހަރު ކުޑަހުވަދޫގައި އުޅުފައިވާ ކަމަށް 2 މީހަކު ލައްވާ ސޮއިކުރުވައިގެން އޮޅުވާލައިގެން މަގާމުގެ ބޭނުން ނަހަމަގޮތުގައި ހިފާ ރަށްވެހިކަން ބަދަލުކުރީ ކަމަށް އެ ފަރާތުން މައުލޫމާތު ވަނީ ދީފައެވެ. އަދި އާމިރުގެ އަންހެނުން މީގެ ކުރިން ވަޒީފާ އަދާކޮށްފައި ވަނީ ބަނޑިދޫގައިކަން ކަށަވަރުވާކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!