ޗައިނާ ނިއުކްލިއާ ސަބްމެރީންތަކެއް އަސްކަރީ ކަޝްރަތުތަކެއްގައި

“ޗައިނާ – އެމެރިކާ ގުޅުން ގޯސް ކުރަނީ އެމެރިކާއިން”

ޗައިނާއާ އެކު ގާތް ގުޅުމެއް ބާއްވަން އެމެރިކާ ޖެހިލުންވާ ކަމަށް ފްރާންސްގެ ޑިފެންސް މިނިސްޓަރު، ފްރޮރެންސް ޕާލީ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ޗައިނާއާ ގުޅުން ގޯސްކުރުމަކީ އެމެރިކާއިން ގަަސްދުގައި ކުރާ ޖެއްސުމެއް ކަމަށެވެ.

ފްރޮރެންސް ޕާލީ ވިދާޅުވި ގޮތުގައި ޗައިނާއިން އަސްކަރީ ބާރުވެރިކަން ލިބިގަތުމަކީ ފްރާންސްއަށް ވެސް އޮތް ނުރައްކަލަކެކެވެ. އޭނާ ވިދާޅުވީ އިންޑޯ-ޕެސިފިކް ސަރަހައްދުގައި ފްރާން ވެސް ޝާމިލްވާ ކަމަށާއި އެއީ ވަކި ބަޔަކު ޗަރުކޭސް ކުޅެން އޮތް ތަނެއް ނޫން ކަމަށެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވި ގޮތުގައި ޗައިނާއާ ކުރިމަތިލުމަށް އެމެރިކާއިން ގެންގުޅޭ ވިސްނުން ފްރާންސްއިން ބަލައެއް ނުގަންނާނެ އެވެ. އަދި ޗައިނާއާ ފްރާންސްއާ ގުޅުން ބާއްވަން ޖެހޭނީ އެވެނި މިވެނި ގޮތަކަށް ކަމަށް އެއްވެސް ބަޔަކު ބުނެގެން ނުވާނެ އެވެ.

ފްރަންސްއިން ބުނީ ވިސްނަން ޖެހެނީ އުޅެން ބޭނުންވަނީ އެކުގައި މިނިވަންކަމުގައިތޯ އަމިއްލައަށް ވެސް ސުވާލުކުރެވެން ޖެހޭ ކަމަށާއި ހަނގުރާމަކުރުމަކީ އެއްވެސް ބަޔަކަށް އުފަލެއް ނޫން ކަމަށެވެ.

އެމެރިކާއިން ގަސްދުގައި މަސްލަހަތު ނަގާލާ ކަމަށް ތުރުމަތު ކުރައްވައި ފްރޮރެންސް ޕާލީ ވިދާޅުވީ ފްރާންސްއިން އެމަގުން ނުހިނގާނެ ކަމަށެވެ.

ފްރޮރެންސް ޕާލީ ވިދާޅޫވީ ޗައިނާއާ މަޝްވަރާކުރެވޭ ކަމަށާއި އެއީ ފްރާންސް ދޫކޮށްނުލާނެ ފުރުސަތެއް ކަމަށެވެ.

އެމެރިކާ ދެކެ ފްރާންސް ރުޅިއަރައިގަނެގެން އުޅެނީ އޮސްޓްރޭލިއާއިން ސަބްމެރީން އުފައްދަން ފްރާންސްއަށް ދީފައި އޮތް ބިޔަ ކޮންޓްރެކްޓެއް އެމެރިކާއިން ވަސްވާސްދީގެން ކެންސަލްކުރުމުންނެވެ. އަދި އެމެރިކާއާ އިނގިރޭސިވިލާތް ގުޅިގެން އޮސްޓްރޭލިއާއަށް ނިއުކްލިއާ މަނަވަރު އުފައްދައިދޭން އޯކަސްގެ ނަމުގައި އިއްތިހާދެއް އެކުލަވާލުމުންނެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!