ކޮވިޑްގެ މި ހާލަތުގައި މާލޭގެ މަގުމަތީގައި މީހުން ނިކުމެ އުޅޭ މަންޒަރު / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

ކޮވިޑް ކޭސް: މިއަދު 86 މީހުން ޕޮޒިޓިވްވި

މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ ޖުމްލަ 86 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ. އެޗްޕީއޭ އިން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ނެގި 4172 ސާމްޕަލް ޓެސްޓުކޮށްފައި ވާ އިރު ޕޮޒިޓިވް ވެފައި ވަނީ 86 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 29 މީހަކާއި، އަތޮޅުތެރެއިން 53 މީހަކާއި ރިސޯޓްތަކުން 4 މީހެކެވެ. މިއަދު ޕޮޒިޓިވްވި 86 މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 84،103 އަށް އަރާފައެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 229 އަށް އަރާފައި ވާއިރު ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން މިހާރު ފަރުވާދެމުން ގެންދަނީ 18 މީހުންނަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. ރާއްޖެއިން މި ބަލި ފެނުނުތާ މިއަދާ ހަމައަށް 565 ދުވަސް ވެފައި ވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 180 މީހަކު މަރުވެފައެވެ. މި ވަގުތު އެކްޓިވް ކޭސްގެ އިތުރުވެ 1653 މިީހަކު ކޮވިޑް ޖެހިފައި އެބަ ތިބި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!