ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ސަައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު --

ސަލްމާން މިސްކިތް ހުޅުވަން ރާއްޖެ ވަޑައިގަންނަވާނީ ވަލީ އަހުދު: ސައުދީ ސަފީރު

ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ތެރެއިން އިމާރާތްކުރި ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް ރާއްޖެ ވަަޑައިގަންނަވާނީ އެ ގައުމުގެ ވަލީ އަހަދު މުހައްމަދު ބިން ސަލްމާންކަމަށް ސައުދީއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލް ވިދާޅުވެއްޖެއެވެ. އަރަބް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ހަލީލް ވިދާޅުވީ މި މިސްކިތުގެ މަސައްކަތް ނިމުމާއެކު ވަލީ އަހުދު މިސްކިތް ހުޅުވުމަށް ރާއްޖެ ވަޑައިގަންނަވާނެކަމަށެވެ. “އަޅުގަނޑުމެން އެންމެ ބޮޑަށް މިހާރު މި ތިބެނީ މި މިސްކިތުގެ މަސައްކަތް ނިންމާ، މި މިސްކިތް ހުޅުވުމަށް ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން މި މިސްކިތް ހުޅުވައިދެއްވުމަށް ރާއްޖެ ވަޑައިގަންނަވާނެ ދުވަހަކަށް،” ހަލީލް ވިދާޅުވިއެވެ. ހަލީލް އިތުރަށް ވިދާޅުވީ ސަލްމާން މިސްކިތަކީ ސައުދީއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ރަނގަޅަށް ހާމަކޮށްދޭ ނިޝާނެއްކަމަށެވެ. މި މިސްކިތަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅިގެން މާލޭގައި ތަރައްގީކުރި މިސްކިތެކެވެ. މިއީ ރާއްޖޭގައި ހުރި އެންމެ ބޮޑު މިސްކިތެވެ. އެގޮތުން ސަލްމާން މިސްކިތަކީ ހަ ފަންގިފިލާގެ މިސްކިތެކެވެ. މި މިސްކިތް ފަރުމާކުރެވިފައިވަނީ އެއްފަހަރާ 6000 މީހުންނަށް ނަމާދަށް އެރޭގޮތަށެވެ. މި ބިނާގައި ކުތުބުޚާނާއަކާއި، ގުރްއާނާއި ބެހޭ މަރުކަޒަކާއި، މަލްޓި-ޕާރޕަސް ހޯލަކާއި، ކްލާސްރޫމްތަކާއި، ޖަލްސާކުރާ މާލަންތަށް ހިމެނެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިމާރާތްކުރަން ފެށި ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް މި ސަރުކާރުން ވެސް މަސައްކަތްކުރި ނަމަވެސް އެކި ސަބަބުތަކާ ހެދި މިސްކިތް ހުޅުވޭ ގޮތް ވަނީ ނުވެފައެވެެ. ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާއަށް ސައުދީ ވަފުދެއް އިތުރަށް ވިދާޅުވުމަށް އެގޮތުން އެންމެ ފަހުން ނިންމާފައިވަނީ މި މިސްކިތް މި އަހަރުގެ ރޯދަ މަހަށް ހުޅުވުމަށެވެ. ނަމަވެސް ރޯދަމަހަށް މިސްކިތް ނުހުޅުވުނީ އެތަނުގެ ވަސީލަތްތައް ގާއިމްނުކުރެވޭތީ ކަމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. ކިންގް ސަލްމާން މިސްކިތް ހުޅުވުމާ ގުޅޭގޮތުން މަަޝްވަރާކުރުމަށް ސައުދީ އިން ވަފުދެއް ރާއްޖެ ވަޑައިގެންފައިވަނީ މިދިޔަ މަހުގެ 29ވަނަ ދުވަހެވެ. ކިންގް ސަލްމާން މިސްކިތް ރޯދައިގެ ކުރިން ހުޅުވަނީއިތުރަށް ވިދާޅުވުމަށް އެ މަޝްވަރާތަކަށް ފަހު ކުރިއަށް އޮތް ރޯދަމަހުގެ ކުރިން ކިންގް ސަލްމާން މިސްކިތް ހުޅުވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވަނީ ވިދާޅުވެފައެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!