ހިޔާ ޓަވަރެއްގެ އެެތެރެ. ހިޔާ ފްލެޓްތަކުން ކުނި ނަގާނީ އެންމެ ތިރިން ކަމަށް އެޗްޑީސީން ބުނޭ

ހިޔާ ފްލެޓްތަކުން ކުނި ނަގާނީ އެންމެ ތިރިން

ހިޔާ ފްލެޓްތަކުން ކުނި ނަގާނީ އެންމެ ތިރިން ކަމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު
އިއްޔެ ވިދާޅުވީ އެ ޓަވަރުތައް ހެދި އިރު އިރު ސާވިސް ލިފްޓެއް ގާއިމްކޮށްފައި ނެތް ކަމަށެވެ. އެހެން ކަމުން ސާވިސް ލިފްޓެއް ނެތި ކުނި ނެގުމަކީ ކުރެވޭވަރުގެ ކަމެއް ނޫން ކަމަށެވެ.

ހިޔާގެ ޓަވަރުތަކުގައި ދެ ސައިޒެއްގެ ބްލޮކް ހުންނަ އިރު ކުދި ސައިޒްގެ ބްލޮކްތަކުގައި ތިން ލިފްޓް ހުރެއެވެ. އަދި ބޮޑެތި ސައިޒްތަކުގެ ބްލޮކްތަކުގައި ހަތަރު ލިފްޓް ހުރެއެވެ. އެހެން ނަމަވެސް އެއްވެސް ބްލޮކެއްގައި ސާވިސް ލިފްޓެއް ނުހުރެ އެވެ.

“އެހެންވީމާ އާންމުކޮށް ވެމްކޯއިން ފްލެޓް ދޮރުމަތިން ކުނި ނެގިކަމުގައި ވިޔަސް މިވަރު ތަނެއްގައި އަޅުގަނޑު ގަބޫލުކުރަން އެހެނެއް ނުނެގޭނެ. އެއީ ޕްރެކްޓިކަލް ކަމެއް ނޫން. އެހެންވީމާ އަޅުގަނޑުމެން ވެމްކޯއާ ވާހަކަ ދެކެވި އެންމެ ރަނގަޅުގޮތަކަށް ފެނުނީ ތިރީގައި ގްރައުންޑް ފްލޯއިން ހުސްކުރާ ތަނުގައި އެ ކަލެކްޓް ކުރާނެތަނެއް ހަދަން. އެތަން ވެމްކޯގެ ވެސް ލަަފަޔާ އެއްގޮތަށް އެ ބޭފުޅުން ބޭނުންވާ ގޮތަށް މިހާރު ހުންނާނީ ހަދައިފައި” ސުހައިލް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި 7،000 ފްލެޓުގެ ތެރެއިން 6،720 ފްލެޓަށް މި އަހަރު މީހުން ވަންނާނެ އެވެ. އޭރުން ދެވަނަަ ފިޔަވަހީގައި ބޮޑު އާބާދީއެއް ދިރިއުޅޭނެ އެވެ. އެންމެން އާބާދުވުމުގެ ކުރިން ދެވަނަ ފިޔަވަހީގައި އެކި ހިދުމަތް ދޭނެ ތަންތަން ގާއިމުކުރުމުގެ މަސައްކަތް އެޗްޑީސީއާ ކަމާ ގުޅޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!