ކިންގް ސަލްމާން މިސްކިތް ނިމި ހުޅުވަން ތައްޔާރުވެފައި: އެ މިސްކިތް ހުޅުވައިދޭން ސައުދީ ވަލީ އަހުދު އަންނާނެ ކަމަށް އުންދީނު ކުރައްވާ ކަމަށް ރާއްޖެއިން ސައުދީއަށް ކަނޑައަޅުއްާފައިވާ ސަފީރު މުހައްމަދު ހަލީލުު ވިދާޅުވި -- ފޮޓޯ: އަވަސް

އުއްމީދަކީ ވަލީ އަހުދު މިސްކިތް ހުޅުވައިދިނުން: ސަފީރު

ސައުދީ އަރަބިއްޔާގެ ސަރުކާރުގެ އެހީގައި ރާއްޖޭގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުއްވައިދެއްވާނީ ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ކަމަށް ރާއްޖެއިން އުއްމީދު ކުރާ ކަމަށް ސައުދީއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހަލީލު ވިދާޅުވެއްޖެ އެވެ.

ހަލީލު މިހެން ވިދާޅުވީ ސައުދީގެ ނޫހެއް ކަމަށްވާ އަރަބް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގަ އެވެ. ހަލީލް ވިދާޅުވީ ސަލްމާން މިސްކިތަކީ ރާއްޖޭގައި އަޅައިފައިވާ އެންމެ ބޮޑު މިސްކިތް ކަމަށެވެ. އަދި މިސްކިތުން ރާއްޖެއާއި ސައުދީގެ ގުޅުން ވަރަށް ބޮޑަށް ރަމްޒުކޮށްދޭ ކަމަށެވެ.

“ސަލްމާން މިސްކިތަކީ ރާއްޖޭގެ މިނިވަންކަމުގެ ރަންޔޫބީލު ރަމްޒުކޮށް ދޭނެ ބިނާއެއް.” ހަލީލް ވިދާޅުވި އެވެ.

މީގެ އިތުރުން ހަލީލް ވިދާޅުވީ ސަލްމާން މިސްކިތް އެއްކޮށް ނިމޭނެ ދުވަހަކަށް އިންތިޒާރު ކުރަމުންދާ ކަމަށެވެ. އަދި ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން މިސްކިތް ހުޅުއްވައިދެއްވަން ރާއްޖެ ވަޑަގައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ސަލްމާން މިސްކިތް ހުޅުވަން މިހާރު ތައްޔާރުވަމުންދަނީ އަންނަ އަހަރުގެ ރޯދަ މަހު އެވެ. ސަރުކާރުން ވަނީ އެކި ފަހަރުގެ މަތިން ސަލްމާން މިސްކިތް ހުޅުމުގެ މަސައްކަތް މީގެ ކުރިން ވެސް ކޮށްފަ އެވެ. ނަމަވެސް މިސްކިތް ހުޅުވުން ތަފާތު ސަބަބުތަކާ ހެދި ވަނީ ލަސްވެފަ އެވެ. އެއީ އެ މިސްކިތަކީ ސައުދީ ރަސްގެފާނު ހަދިޔާ ކުރައްވާ މިސްކިތަކަށްވެ، އެ މިސްކިތް ހުޅުވަން ސައުދީގެ އިސް ބޭފުޅުން ރާއްޖެ ވަޑައިގަންނަވަން ބޭނުންފުޅުވާތީ އެވެ. އެ ދަތުރު ކުރަން ދަތިވެފައި ވަނީ ކޮވިޑްގެ ހާލަތު މުޅި ދުނިޔޭގައި ވެސް ގޯސްވެފައިވާތީ މިވަގުތު އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުން ރައްކާތެރި ކަމަކަށް ނުވާތީ ކަމަށްވެސް ދިވެހި ސަރުކާރުން ބުނެ އެވެ.

ސަލްމާން މިސްކިތް އިމާރާތް ކޮށްފައިވަނީ ތުރުކީގެ ޓާމެކްސް ކުންފުނިންނެވެ. ސަރުކާރުން އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017 ގަ އެވެ. މިސްކިތުގެ މަޝްރޫއަށް 24.95 މިލިއަން ޑޮލަރު ހަރަދުވި ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!