ދަރިވަރުންތަކެއް އިމްތިިހާނު ހޯލުގައި އިމްތިހާނު ހަދަނީ: މި އަހަރުގެ އެޗްއެސްސީ އިމްތިހާނުގެ ނަތީޖާ އަންނަ ހޯމަ ދުވަހު ދޫކުރަން ފަށާނެ -- ފޮޓޯ: އަވަސް އާކައިވް

އެޗްއެސްސީ އިމްތިހާނުގެ ނަތީޖާ ހޯމައިން ފެށިގެން ދޫކުރަނީ

މި އަހަރުގެ ޖޫން މަހު ބޭއްވި އެޗްއެސްސީ އިމްތިހާނުތަކުގެ ނަތީޖާ އަންނަ ހޯމަ ދުވަހު ދޫކުރަން ފަށާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނެފި އެވެ.

އެޗްއެސްސީ އިމްތިހާނުގެ ނަތީޖާއާއި ގުޅޭގޮތުން ޑީޕީއީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ޖޫން މަހު ބޭއްވުނު އެޗްއެސްސީ އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން މި މަހު ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ، ޓީޗާ ބޭސްޑް އެސެސްމެންޓް ހެދި ދަރިވަރުންނަށް އެކަނި ކަމަށެވެ.

އަދި އިމްތިހާނު ހެދި އެހެން ދަރިވަރުންގެ ތެރެއިން ނަތީޖާ ބޭނުންވާ ދަރިވަރުން، އިމްތިހާނު ހެދި ސެންޓަރެއް މެދުވެރިކޮށް ޑީޕީއީއަށް އެދި ހުށަހެޅުމުން ނަތީޖާ ސެންޓަރަށް ފޮނުވާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

ޑީޕީއީ މެދުވެރިކޮށް އަމިއްލަގޮތުން އެޗްއެސްސީ އިމްތިހާނު ހެދި ދަރިވަރުންގެ ނަތީޖާ މިމަހުގެ 21 އިން ފެށިގެން ޑީޕީއީގެ ކައުންޓަރުން ހެނދުނު 8:30 އިން މެންދުރު 1:30 އަށް ދޫކުރަމުންދާ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އާންމުކޮށް ސެންޓަރުތަކަށް އެޗްއެސްސީ ގެ ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ މި ފެށޭ އޮކްޓޫބަރު މަހުގެ 31 ގައި ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

މިއަހަރުގެ އެޗްއެސްސީ އިމްތިހާނުގައި ރާއްޖެއިން 1331 ދަރިވަރަކު ބައިވެރިވިއެވެ. އިމްތިހާން ކުރިއަށްގެންދިޔައީ ޖޫން މަހުގެ 13އިން 17ގެ ނިޔަލަށެވެ. އެޗްއެސްސީ އިމްތިހާނު ކުރިއަށް ދަނިކޮށް އިމްތިހާމު ކަރުދާސް ހީލްވި ގިނަ މައްސަލަތަކެއް ފެންމަތިވި އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!