ހިޔާފްލެޓުގެ އެޕާޓްމަންޓްތައް: ފްލެޓު ތަކުގައި ސީސީޓީވީ ހަރު ކުރުމުގެ މަސައްކަތް ކުރަން ދަނީ ތައްޔާރު ވަމުން -- ފޮޓޯ: އަވަސް

ހިޔާ ފްލެޓުގައި ސީސީޓީވީ ކެމެރާ ހަރުކުރާނެ ބަޔަކު ހޯދަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާފްލެޓުގައި ހަރު ކުރާނެ ސީސީޓީވީ ކެމެރާ ހޯދައި، އެ ހަރު ކޮށްދޭނެ ބަޔަކު ހޯދަން ފަށައިފި އެވެ.

ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހިޔާ ފްލެޓަށް ހާއްސަކޮށް ކެމެރާ ސިސްޓަމް ޑިޒައިންކޮށް ހަރުކޮށް ދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށާ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން ބިޑް ހުށަހަޅަން ވާނެ ކަމަށެވެ.

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ސޯޝަލް ހައުސިން މަޝްރޫއެއްގެ ގޮތުގައި ހިންގި އެންމެ ބިޔަ މަޝްރޫއު ކަމަށްވާ “ހިޔާ ފްލެޓް” މަޝްރޫއުގެ 16 ޓަވަރުގައި 7،000 އަށްވުރެ ގިނަ އެޕާޓްމަންޓް ހުރެ އެވެ. ނަމަވެސް ބައެއް އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކަށް އެޕާޓްމަންޓްތައް ނެގުމަށް ފަހު މީހުން ދިރިއުޅުން މިހާރު ނިންމާފައިވަނީ 6،000 އެޕާޓްމަންޓެއްގަ އެވެ.

ހިޔާފްލެޓުގެ ޓަވަރުތަކުގައި މީހުން ދިރިއުޅުން ފަށާފައި ވާއިރު، އެތަނުގައި 35،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭނެ ކަމަށް ލަފާ ކުރެވެ އެވެ. އެހެންވެ މި ސަރަހައްދުގައި ފުލުހުންގެ ހިދުމަތް ގާއިމް ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!