ހިޔާ ފްލެޓުގައި ސޮއިކުރުން ކުރިއަށް ދަނީ / ފޮޓޯ: ދަ ޕްރެސް

ހިޔާ އެއްބަސްވުމުގައި ސޮއި ނުކުރެވުނު މީހުންނަށް މިއަދު އެ ފުރުސަތު ދެނީ!

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓު ލިބި، އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލު ކުރި ފަރާތްތަކުގެ ތެރެއިން އެއްބަސް ވުމުގައި ސޮއިކުރުމަށް އެކި ސަބަބުތަކާ ހުރެ ހާޒިރު ނުވެވުނު ފަރާތްތަކަށް މިއަދު އެޗްޑީސީން އެ ފުރުސަތު ދިނުމަށް ނިންމައިފިއެވެ. އެޗްޑީސީން ބުނީ އެ ފަރާތްތަކަށް މިއަދު ހެނދުނު 9:30 އިން 11:30 އާ ދެމެދު އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެޗްޑީސީން ބުނީ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ހުޅުމާލެގައި ހުންނަ ސެންޓްރޯ މޯލްގެ 2 ވަނަ ފަންގިފިލާގައި ކަމަށެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!