ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް "އެޑިއުކޭޝަން އިން އިމަޖެންސީ އެޑްވައިޒަރީ" ގެ ނަމުގައި އެކުލަވާލި ކޮމިޓީގެ ބައްދަލުވުމެއް / ފޮޓޯ: އެޑިއުކޭޝަން

ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޑިއުކޭޝަނުން ކޮމިޓީއެއް!

ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ‘އެޑިއުކޭޝަން އިން އިމަޖެންސީ އެޑްވައިޒަރީ” ގެ ނަމުގައި ހާއްސަ ކޮމިޓީއެއް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އެކުލަވާލައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުންގެ އިންސާނީ ކަރާމާތަށް ބުރޫ އަރާފާނެ ފަދަ ހާދިސާތަކާއި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު، ސްކޫލުގެ މާހައުލާއި ސްކޫލްގެ ރައްކާތެރިކަން ދެމެހެއްޓުމަށާއި އަދި އެކިއެކި އިމަޖެންސީތަކާއި ޑިޒާސްޓާގެ ހާލަތްތަކަށް އިޖާބަދިނުމަށް އެ މިނިސްޓްރީގެ ފަންނީ ލަފަޔާއި އިރުޝާދު ދިނުމާއެކު ދަރިވަރުންގެ ސަލާމަތާއި ‎ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަށް ގުޅިގެން މަސައްކަތް ކުރުމަށް އެކުލަވާލި ކޮމެޓީ އެއް ކަމަށެވެ. މިއީ މިފަދަ ކޮމެޓީއެއް ރާއްޖޭގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެކުލަވާލި ފުރަތަމަ ފަހަރުއެވެ. މިކޮމެޓީ އެކުލަވާލާފައިވަނީ ދިވެހިރާއްޖޭގެ ތައުލީމީ ގާނޫނުންގެ 13 ވަނަ މާއްދާ އާއި 23 ވަނަ މާއްދާއިން ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކުރެވޭ މަސައްކަތްތަކުގެ ‎ތެރެއިން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!