"ޖެޓްސްކީ ޓުއާ 2021" ގެ ތެރެއިން

“ޖެޓްސްކީ ޓުއާ 2021″ގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ކުރާ “ޖެޓްސްކީ ޓުއާ 2021” ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ. ތަޖުރިބާ ހުރި 6 މީހުންނާއެކު މިއަދު އެ ދަތުރު ފަށައިފައިވަނީ ރާއްޖޭގެ އެންމެ އުތުރުން، ހއ. ތުރާކުނުންނެވެ. މޯލްޑިވްސް ވޯޓާ ސްޕޯޓްސް އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން އިންތިޒާމުކޮށްފައިވާ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 22 އިން 27 އަށެވެ. މި ދަތުރުގައި މިއަދު ވަނީ ހދ. ކުޅުދުއްފުށި އަދި ށ. ކޮމަންޑޫއަށް ގޮސްފައެވެ. ހއ. ތުރާކުނުން އައްޑޫ ސިޓީއަށް ކުރުމަށް ހަމަޖެހިފައިވާ މި ދަތުރުގެ ސަލާމަތީ ކަންކަން އެމްއެންޑީއެފުން ބެލެހެއްޓުމާ ހަވާލުވެފައި ވާއިރު، ޖެޓްސްކީ ދުއްވާ ބައިވެރިން 20 ރަށަކަށް ދަތުރުކޮށް ބައެއް ރަށްތަކުގައި ރޭގަނޑަށް މަޑުކުރަން ވަނީ ނިންމާފައެވެ. ދަތުރު ކުރަން ހަަމަޖެހިފައިވަނީ ކޮންމެ އަތޮޅަކުން ރަށަކަށެވެ. “ދަ ޕްރެސް” އަށް މައުލޫމާތު ދެމުން މޯލްޑިވްސް ވޯޓާ ސްޕޯޓްސްން ބުނީ މިރޭ މަޑުކުރަން ހަމަޖެހިފައިވަނީ ބ. ދަރަވަންދޫގައި ކަމުގައި ވީ ނަމަވެސް، މިރޭ މަޑުކުރަން މިހާރު ހަމަޖެހިފައިވަނީ ށ.ކޮމަންޑޫގައި ކަމަށެވެ. ފެށުމުގެ ރަސްމިއްޔާތު ދިގު ދެމިގެން ދިއުމުގެ ސަބަބުންނާއި ކުޅުދުއްފުށީގައި ލަސްވުމުގެ ސަބަބުން ކަމަށް އެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ. ކުޅުދުއްފުށިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މީގެ އިތުރުން މޯލްޑިވްސް ވޯޓާ ސްޕޯޓްސްން އިން ބުނީ އެ ޓީމުގައި 13 މެންބަރުން ހިމެނޭ ކަމަށާއި އެއީ 6 ޖެޓްސްކީ ދުއްވާ މީހުންގެ އިތުރުން ބަދަލުކުރަން ޖެހޭ ހާލަތެއްގައި ބަދަލުގައި އިތުރު 3 ޖެޓްސްކީ ދުއްވާ މީހުންގެ އިތުރުން ލޯންޗްގައި ހަރަކާތްތެރިވާ އެހީތެރިން ކަމަށެވެ. މި ދަތުރުގައި މާދަމާ ފުރަތަމަ ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ރ.ރަސްމާދޫއަށެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ސެޕްޓެމްބަރު 27 އެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!