ރައީސް ސޯލިހް ބައެއް ނޫސްވެރިންނާއެކު ސެލްފީއެއް ނަންގަވަނީ --

މަސްދަރު ހާމަކުރުވާ މާއްދާއެއް އޮތުމުން މީޑިއާ ކައުންސިލް ކަންބޮޑުވެއްޖެ

ސަރުކާރުން ސްޕޮންސާ ކޮށްގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހެއްކާބެހޭ ބިލުގައި ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު، ބައެއް ހާލަތްތަކުގައި ހާމަކުރަން ޖެހޭ ގޮތަށް އޮތުމުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގައިވާ ގޮތުން ބައެއް ހާލަތްތަކުގައި ކޯޓުން ކަނޑައަޅައިފިނަަމަ ނޫސްވެރިން އާަންމުކުރާ ހަބަރުތަކުގެ މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

މީޑިއާ ކައުންްސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ނޫސްވެރިކަން ކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށާ މީގެ ތެރޭގައި ހަބަރާއި މައުލޫމާތާއި ފެންނަ ގޮތްތަކާއި ހިޔާލުފާޅު ކުރުމާއި ޝާއިއުކުރުމާއި ފެތުރުމުގެ މިނިވަންކަން އޮތްއިރު ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރަން އެއްވެސް މީހަކަށް މަޖުބޫރު ކޮށްގެން ނުވާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ނަމަވެސް މިހާރު ހުށައަޅާފައިވާ ހެއްކާއިބެހޭ ބިލްގައި ނޫސްވެރިޔާ މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ފަނޑިޔާރުންނަށް މަޖުބޫރު ކުރެވިދާނެ ދެ ހާލަތެއް އިސްތިސްނާ ހާލަތުގެ ގޮތުގައި ހިމަނާފައިވާ ކަަމަށެވެ.

“މޯލްޑިވްސް މީޑިއާ ކައުންސިލުން ދެކޭ ގޮތުގައި މި މާއްދާ މިގޮތަށް އޮވެ ބިލު ފާސްވެއްޖެނަމަ ގާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ހައްގު ނިގުޅައިގަނެވި މަސްދަރު ހާމަކުރުމަށް މި މާއްދާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ. މިއީ މި ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެކެވެ،”

އަދި މިގޮތަށް ގާނޫނެއް ފާސްވުމަކީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ހޯއްދަމުންދާ ކުރިއެރުންތައް ހުއްޓިދާނެ އަދި އެކަން މުޅި ދުނިޔޭގެ ސަމާލު ކަމަށް އައިސް ބައިނަލްއަގްވާމީ އެތައް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށްވެސް އެމްއެމްސީން ބުންޏެވެ. އެހެން ކަމުން އެ މާއްދާ އުނިކުރަން ވަނީ އެދިފައެވެ.

އެމްއެމްސީން ބުނީ މިކަމާއި ގުޅިގެން މަޖިލީހުގެ ކަމާގުޅޭ ކޮމެޓީއާ ބަދަލުކޮށް އިސްލާހު ކުރަން ކުރަން ޖެހޭ މަސައްކަތް ކުރާނެ ކަމަށެވެ.

ހެއްކާބެހޭ ބިލުގައި ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު، ބައެއް ހާލަތްތަކުގައި ހާމަކުރަން ޖެހޭ ގޮތަށް އޮތުމުން އެކަން އާންމުންގެ ސަމާލު ކަމަށް ގެނެސް އެކަމާއި ފުރަަތަމަ ކަންބޮޑުވުން ފާޅުކުރެއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!