ސްޓެލްކޯ އިންޖީނުތައް ހުންނަ ސަރަހައްދު. އިންޖީނުތަކުގެ މައްސަލަ ހައްލުކުރަން ހަތް ހުށަހެޅުމެއް މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކުރި--- ފޮޓޯ: ސްޓެލްކޯ

އިންޖީނުތަކުގެ މައްސަލަ ހައްލުކުރަން ހަތް ހުށަހެޅުމެއް

ސްޓެލްކޯ އިންޖީނުތަކުގެ ސަބަބުން އެ ސަަރަހައްދުގައި ދިރިއުޅޭ މީހުންނަށް ލިބޭ ގެއްލުންތައް ކުޑަކޮށް އެ މައްސަލަައަށް ހައްލެއް ހޯދުމަށް ހަތް ކަމެއް ކުރުމަށް ލަފާދީފި އެވެ.

އިންޖީނުތަކުގެ ސަަބަބުން އެތަނާ ކައިރީގައި އުޅޭ މީހުންނަށް ދިމާވާ ދަތި އުނދަގޫތަކުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމް އެވެ. އަދި އެ މައްސަލަ މަޖިލީހުގެ ސްޓޭޓް އޯން އެންޓްޕްރައިސްއާއި އެންވަޔަރަންމަންޓް ކޮމިޓީ ގުޅިގެން އުފެއްދި ސަބް ކޮމިޓީން ބެލުމަށް ފަހު މިއަދު ވަނީ މައްސަލައިގެ ދިރާަސީ ރިޕޯޓް އެކުލަވާލައި ފާސްކޮށްފަ އެވެ.

ޖެނެރޭޓަރުތައް ހުންނަ ސަރަހައްދުގައި އުޅޭ މީހުން ބުނެފައިވާ ގޮތުގައި ޖަނަރޭޓަރުތަކުގެ އަޑާއި ދުމާއި ވަހާއި ވައިބްރޭޝަންގެ ސަބަބުން ސިއްހީ، ނަފްސާނީ، އަދި ޖިސްމާނީ އެތައް ގެއްލުންތަކެއް އެ މީހުންގެ އާއިލާތަކަށް ދަނީ ލިބެމުން ނެވެ. އަދި މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅާލައި ހިދުމަތް ދޭން ފެށި ފަހުން ވެސް މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުގެ ކައިރީގައި ބަހައްޓާފައިވާ ބައެއް ޖަނަރޭޓަރުތައް ޖައްސާ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!