ރައީސް ނަޝީދަށް ފޭސްބުކްގައި އިންޒާރުދިން މީހާ --

ކޯޓުގެ ހުރުމަތް ކަނޑައިގެން ޔާސިފް އަނެއްކާވެސް ޖަލަށް، މިއަދު ނަޝީދަށް މަރުގެ އިންޒާރު ދިނީ ކޯޓުގައި

ސޯޝަލް މީޑިއާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިންޒާރު ދިން މައްސަލައިގަ ހައްޔަރު ކުރި މީހާ މިއަދު އަނެއްކާވެސް ކޯޓުގެ ހުރުމަތް ކަނޑައައިގެން ޖަލަށް ލާން ހުކުމް ކޮށްފި އެވެ. މިދިޔަ މަހުގެ 23 ވަނަ ދުވަހު އެ މައްސަލައިގަ ހައްޔަރު ކުރީ އުމުރުން 40 އަހަރުގެ އިސްމާއިލް ޔާސިފެވެ. އޭނާ ހައްޔަރު ކުރީ ރ. މީދޫގައި ހުއްޓަ އެވެ. އެ މައްސަލައިގަ މިދިޔަ މަހުގެ 24 ވަނަ ދުވަހު މުއްދަތު ޖަހަން އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ ކޯޓުގެ ހުރުމަތް ކަނޑާފަ އެވެ. އެދުވަހު އޭނާ 15 ދުވަހަށް ޖަލަށް ލާން ހުކުމް ކުރި ނަމަވެސް ކޯޓުގެ ހުރުމަތް ކަނޑަން ކުރީ ކޮން ކަމެއް ކަމެއް ނޭނގެ އެވެ. އެ މައްސަލައިގަ މިއަދު އޭނާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތުގައި މަޖިލީހުގައި ވަނީ ރައީސް ނަޝީދު އަވަހާރަ ކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. އޭނާގެ އަމަލުތައް ހުރި ގޮތުން އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ގާޒީ އަލީ އާދަމް ނިންމެވީ އެއް މަހަށް ޖަލަށް ހުކުމް ކުރާށެވެ. ޔާސިފް ހައްޔަރު ކުރީ، ފޭސްބުކް ޕޯސްޓެއްގައި ކުރި ކޮމެންޓެއްގައި “[ނަޝީދު] ދެން ރާއްޖެ އަތުވެއްޖެ ނަމަ ބަދުރު ދުވަހު އަބޫޖަހުލަށް ހެދިގޮތް ހަދާނަން،” ކަމަށް ބުނެ އިންޒާރު ދިނުމުންނެވެ. އަބޫޖަހުލު ގަތުލުކޮށްލީ ބަދުރު ހަނގުރާމައިގަ އެވެ.

ޚަބަރު ނަގާފައިވަނީ dhuvas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!