ރަށަކަށް ދާން ބަޔަކު ފުރަނީ: މިހާރު 60 ރަށަކަށް ޕީސީއާރް ޓެސްޓާއި ނުލާ ދެވޭނެ -- ފޮޓޯ: އަވަސް

ޕީސީއާރު ނެތި 60 ރަަށަކަށް ދެވޭނެ

ޕީސީއާރް ޓެސްޓް ހަދަން ނުޖެހި ބައެއް ރަށްތަކަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ނިންމި ނިންމުމުގެ ދަށުން މިވަގުތު 60 ރަަށަކަށް ދަތުރު ކުރެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

ހެލްތް މިނިސްޓްރީން ރާއްޖޭގެ ރަށްތަކުގެ ވެކްސިން އާބާދީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އާބާދީގެ 90 ޕަސެންޓް ވެކްސިން ފުރިހަމަކޮށްފައި ވަނީ 63 ރަށަކުންނެވެ. ނަމަވެސް އޭގެތެރެއިން ފަސް ރަށެއް މި ވަގުތު އޮތީ މޮނިޓަރިންގަ އެވެ. މޮނިޓަރިންގައި އޮތީ ބ. މާޅޮސް، ކ. ގުޅި، ކ. ގާފަރު، ގއ. ވިލިނގިލީ އަދި ގއ. މާމެންދޫ އެވެ. މި ރަށްތަކުގެ ތެރެއިން ތިން ރަށެއްގެ ކޮވިޑްގެ ހާލަތު ގޯސްވެފައި ވާތީ ޕީސީއާރް ޓެސްޓައި ނުލައި ދަތުރު ކުރެވޭނީ 60 ރަށަކަށެވެ.

އާބާދީގެ ފަސް ޕަސަންޓަށް ވުރެ މަދުން ކޮވިޑް 19ގެ ބަލީގެ މީހުން ތިބި ރަށަކުން، 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސަންޓް ރައްޔިތުން ވެކްސިން ފުރިހަމަކޮށްފައިވާ ރަށަކަށް ދަތުރުކުރާނަމަ ޕީސީއާރް ޓެސްޓަކާ ނުލައި މިމަހު އެކަކު ފެށިގެން ދަތުރު ކުރެވޭ ގޮތަށް އެޗްޕީއޭއިން ވަނީ އުސޫލައް ބަދަލު ގެނެސްފަ އެވެ.

އަދި އެ މީހަކު އެދާ ރަށެއްގެ އާބާދީގައި ހިމެނޭ 65 އަހަރުން މަތީގެ 90 ޕަސަންޓް މީހުންނާއި، އެ ރަށެއްގައި ގެސްޓްހައުސް ހިންގާނަމަ އެ މަސައްކަތުގައި ބައިވެރިވާ ޖުމްލަ މުވައްޒަފުންގެ 90 ޕަސަންޓް މުވައްޒަފުން ވެސް ވެކްސިން ފުރިހަމަ ކުރަންޖެހެ އެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 391153 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ހަމަކޮށްފަ އެވެ. އަދި 332529 މީހުން ދެވަނަ ޑޯޒް ފުރިހަކޮށްފައި ވެއެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!