އަހަރެންގެ ހިޔާ ޕްލޭންގެ މައުލޫމާތު އެލައިޑުން ދެނީ -- ފޮޓޯ: އަވަސް ހިޔާ ފްލެޓްތައް: ޓަވަރުތަކަށް އަލުން ކަރަންޓް ދޭން ވަނީ ފަށާފައި -- ފޮޓޯ: އަވަސްއެލައިޑް އިންޝުއަރެންސްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން

އެލައިޑުގެ އަޔާދީ ތަކާފުލް އިން ހިޔާ ފްލެޓަށް ރައްކާތެރިކަން

އެލައިޑް އިންޝުއަރެންސްގެ އަޔާދީ ތަކާފުލް އިން ހިޔާ ފްލެޓަށް ހާއްސަކޮށް “އަހަރެންގެ ހިޔާ” ގެ ނަމުގައި އިސްލާމިކް އިންޝުއަރެންސް ޕްރޮޑަކްޓެއް މިއަދު ތައާރަފް ކޮށްފި އެވެ.

އެލައިޑް އިންޝުއަރެންސުގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލް އިން ބުނީ މި ޕްރޮޑަކްޓަކީ ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ހާއްސަ ޕްރޮޑަކްޓެއް ކަމަށެވެ. “އަހަރެންގެ ހިޔާ” ތަކާފުލް ޕްލޭން ނެގުމުން ފަރުނީޗަރާއި ދޮންނަ މެޗިނުން ފެށިގެން ފްލޯ ކާޕެޓާއި ހަމައަށް ގޭގައި ގެންގުޅޭ ސާމާނު ތަކުގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ސާމާނަށް ރައްކާތެރިކަން ލިބޭނެ އެވެ. އިންޝުއަރެންސް ކަވާ ކުރާނީ މި ޕްރޮޑަކްޓްގެ ތެރޭގައި ހިމެނޭ ތަކެއްޗަށް އެކަންޏެވެ.

އަޔާދީ ތަކާފުލްގެ އެސިސްޓެންޓް މެނޭޖަރު ފަރީދާ ސިއްތި ވިދާޅުވި ގޮތުގައި މި ޕްރޮދަކްޓްގެ ދަށުން ބަދަލު ލިބޭނީ އަލިފާނުގެ ހާދިސާ، ފެން ހޮޅިއެއް ފަޅައިގެން ގޮސްގެން ލިބޭގެއްލުމުގެ ބަދަލު ވައްކަމުގެ ސަބަބުންނާއި ވައްކަން ކުރަން އުޅުމުގެ ތެރޭގައި ލިބޭ ގެއްލުންތަކުގެ ބަދަލެވެ. އަދި ގުދުރަތީ ކާރިސާ ތަކުގެ ސަބަބުން ލިބޭ ގެއްލުން ތަކުގެ ބަދަލު ވެސް މި ޕްރޮޑަކްޓްގެ ދަށުން ކަވާ ކުރާނެ ކަމަށް ފަރީދާ ވިދާޅުވި އެވެ. މި ޕްރޮޑަކްޓުގައި ތިން ބައެއް ހިމެނެ އެވެ.

އެލައިޑް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފިރުޝާން ވިދާޅުވީ ހިޔާ ފްލެޓަށް ހާއްސަ ތިން ޕްރޮޑަކްޓުގައި ވެސް ގޭގައި ގެންގުޅޭ ބޮޑެތި ސާމާނުތައް ކަވާ ކުރާނެ ކަމަށެވެ.

ބޭސިކް ތަކާފުލް ޕެކޭޖު ނަގާ ފަރާތްތަކުން އަހަރު ޕްރިމިއަމްގެ ގޮތުގައި ދައްކަން ޖެހެނީ 200 ރުފިޔާ އެވެ. އަދި ބަދަލުގެ ގޮތުގައި ލިބޭ ގެއްލުން ތަކުގެ 150،000 ރުފިޔާ ލިބޭނެ އެވެ. އަދި އެކްސެލް އިންޝުއަރެންސްގައި އަހަރަކު 300 ރުފިޔާ ދައްކަން ޖެހޭއިރު، ބަދަލުގައި ކުވާ ކުރާނީ 250،000 ރުފިޔާއާ ހަމައަށެވެ. އަދި ޕްރިމިއަމް ޕެކޭޖުގައި 400 ރުފިޔާ ދައްކައިގެން 350،000 ރުފިޔާގެ ކަވަރޭޖެއް ލިބޭނެ އެވެ. އަދި މި ޕްރޮޑަކްޓްގެ ޑިޑަކްޓަބަލްއެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ލިބޭ ގެއްލުމުގެ ފަސް ޕަސެންޓެވެ. ނުވަތަ 500 ރުފިޔާ އެވެ. ޑިޑަކްޓަބަލް އަށް އަރާ އަދަދު ދައްކަން ޖެހޭނީ ކަސްޓަމަރު އަމިއްލަ އަށެވެ. އަދި ގެއްލުމުގެ ބާކީ ބައި ކަވާ ކުރާނީ އަހަރެންގެ ހިޔާ ޕެކޭޖުންނެވެ.

މި ޕްރޮޑަކްޓް އިހްތިޔާރު ކުރާ ފަރާތް ތަކުން ކާރިސާއެއް ހިނގުމުން ލަސްނުކޮށް އެކަން ފޯނުން ގުޅައިގެން ނުވަތަ މެއިލް ކޮށްގެން އެންގުމަށް އަޔާދީ ތަކާފުލް އިން އިލްތިމާޒް ކުރެ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!