ހއ. އުތީމު ބޮޑުތަކުރުފާނުގެ ގަނޑުވަރު

އުތީމުގައި ދާރުލްއާސާރެއް ހަދަން ނިންމައިފި

ހއ. އުތީމުގައި ދާރުލްއާސާރެއް ގާއިމު ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ދާރުލްއާސާރު ގާއިމު ކުރުމަށް ނިންމާފައި ވަނީ އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގަ އެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ކޮށްފައިވާ އިއުލާނެއްގައި ވަނީ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފަ އެވެ.

މީގެ ކުރިން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުމުން ހުށަހަޅާފައިވާ އަންދާސީހިސާބުގެ އަގުތައް ބޮޑުކަމަށް ފެންނާތީ ކުރީގެ އިއުލާން ވަނީ ބާތިލްވެސް ކޮށްފަ އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަކަށް މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމަށް ވަނީ ފުރުސަތު ދީފަ އެވެ.

ބޮޑުތަކުރުފާނު ދިރިއުޅުއްވި ގަނޑުވަރުވެސް ހުންނަނީ އުތީމުގަ އެވެ. ރާއްޖޭގެ ވަރަށް ގިނަ ރަށްތަކުގެ މީހުން ކޮންމެ އަހަރަކު ވެސް ގަނޑުވަރު ބަލައިލުމަށް އުތީމަށް ޒިޔާރަތްކުރެ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!