ލަޕޯޓާގެ އެޑްވައިޒަރު އެންރިކް މަސިޕް: ކޫމަން ކަންތައް ކުރިގޮތާއި މެދު އެންރިކް ހިތްހަމައެއް ނުޖެހޭ

ލަޕޯޓާގެ އެޑްވައިޒަރު ކޫމަންއަށް ފާޑުކިޔައިފި

ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާގެ އެޑްވައިޒަރު އެންރިކް މަސިޕް، ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަންއަށް ފާޑު ކިޔައިފި އެވެ.

ޓީވީ އިންޓަވިއު އެއްގައި އެންރިކް ފާޑުކިޔާފައި ވަނީ މީގެ ދެ ހަފްތާ ކުރިން ކޫމަންގެ ކޮންޓްރެކްޓް އާ ކުރުމަށް މަސައްކަތް ކުރާކަމަށް ބުނާ މައުލޫމާތު ތަކެއް ޕްރެސްއަށް ލީކު ކޮށްލުމުން ކޫމަން އެކަމާއި ހިތްމަނުޖެހުން ފާޅުކޮށްފައި ވަނި ކޮށެވެ.

ބާސެލޯނާއިން މިފަހަރުގެ ސީޒަން ފަށާފައިވާ ދަށް ކުޅުމުގެ ވާހަކައިގެ އިތުރުން ކޫމަން މިހާރު ވެސް ބާސެލޯނާގެ ކޯޗެއްގެ މަގާމުގައި އެހުރީ ޓީމުގެ މެނޭޖުމެންޓުން ކޫމަންއަށް އިތުބާރު ކުރާތީ ކަމަށް އެންރިކް ބުންޏެވެ. އެންރިކް ބުނީ “ކުރީގެ ސްޕޯޓްސްމަނެއްގެ ހައިސިއްޔަތުން ބަލާނަމަ ކޫމަން ލަޕޯޓާ އާއި ދިމާލަށް ބުނި ފަދަ އެއްޗެއް ކޯޗަކަށް އެކްލަބެއްގެ ރައީސް އާއި ދިމާލަށް ބުނެވިގެން ނުވާނެ. ރައީސް އަކީ ރައީސް. އެހެންވީމަ އެ އިހްތިރާމު ދޭން ޖެހޭނެ” ކަމަށެވެ.

ކޮންޓްރެކްޓްގެ މައުލޫމާތުތައް ލީކު ކޮށްލުމުން ކޫމަން ބުނީ ލަޕޯޓާގެ މާ ވާހަކަ ގިނައީ ކަމަށެވެ. އަދި ލަޕޯޓާ އާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށް ނޫސްވެރިންގެ ބައްދަލުވުމުގައި ކޫމަން ވާހަކަ ދެއްކި އެވެ.

އެންރިކް ބުނީ ކޫމަން އެގޮތަށް ވާހަކަ ދެއްކުމުން ވެސް އޭގެ ފަހުން ދުވަހު ދަނޑަށް ގޮސް އެމީހުން އުޅުނީ ކޫމަން ގައިގާ ބައްދާލާފައި ހިތްހެޔޮ ކަމާއި އެކު ކަމަށެވެ.

މިހާރު އެމީހުން އޮތީ އެންމެ ރަނގަޅު ޑައިނަމިކްގައި ނޫންކަން ފާހަގަ ކުރަމުން އެންރިކް ބުނީ ރަނގަޅު ޑައިނަމިކަށް އެނބުރި އިތުބާރު އުފެއްދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ކޯޗެއްގެ މަގާމުގައި މީހަކު ބަހައްޓާނީ ޓީމުގެ މެނޭޖުމެންޓުން އެމީހަކަށް އިތުބާރު ކުރަތީ ކަމަށެވެ. އެގޮތުން މިހާރު ވެފައިވާ ހުރިހާ ކަމަކާއި އެކުވެސް ކޫމަން ކޯޗަކަށް ބަހައްޓާފައި އެހުރީ އޭނައަށް މެނޭޖުމެންޓުން އިތުބާރު ކުރާތީ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!