ރ. ދުވާފަރުގެ އޭރިއަލް: ކޮވިޑް ފެނިގެން ދުވާފަރު ބަންދުކޮށްފައި އޮންނަތާ މިހާރު ތިން މަސް ވެދާނެ

އެޗްޕީއޭގެ މޮނިޓަރިންގައި 17 ރަށެއް

ކޮވިޑް ބަލި ފެތުރެމުންދާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު 17 އަށް އަރައިފި އެވެ.

އެގޮތުން މޮނިޓަރިންގެ ހާލަތުގައި މިހާރު އެންމެ ގިނަ ދުވަސް ވަންދެން އޮތީ ރ. ދުވާފަރެވެ. އެރަށް ބަންދު ކުރީ މޭ މަހުގެ 25 ވަނަ ދުވަހު އެވެ. ޖޫން މަހު މޮނިޓަރިންގެ ހާލަތަށް ގެނައި އެއްވެސް ރަށެއް މިހާރު މި ލިސްޓަކު ނެތެވެ. އަދި ޖުލައި މަހު ބަންދުކުރި ރަށްތަށް ވެސް ލިސްޓަކު ނެތެވެ.

މިދިޔަ އޮގަސްޓު މަހު ހަތް ރަށެއް އެޗްޕީއޭއިން ބަންދު ކޮށްފައިވެ އެވެ. އެއީ ކ. ގާފަރާއި ށ. މިލަންދޫ އާއި ހދ. ނޮޅިވަރަމާއި އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫ އެވެ.

އެޗްޕީއޭއިން ވަނީ ކޮވިޑް ފެނިގެން މިމަހުގެ މިހާތަނަށް ނުވަ ރަށެއް ބަންދުކޮށްފަ އެވެ. އެއީ ސ. ހުޅުމީދޫ އާއި ރ. ކިނޮޅހާއި ބ. މާޅޮހާއި ކ. ގުޅި އާއި ގއ. ގެމަނަފުއްޓާއި އެ އަތޮޅު މާމެންދޫ އާއި ތ. ވޭމަންޑޫ އަދި އެ އަތޮޅު ދިޔަމިގިއްޔެވެ. އެންމެ ފަހުން އެޗްޕީއޭއިން ބަންދު ކޮށްފައި ވަނީ ގއ. ވިލިނގިއްޔެވެ. އެއީ މި މަހު 19 ވަނަ ދުވަހުގަ އެވެ.

ރާއްޖެއިން އިއްޔެ ވަނީ އިތުރު 220 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އިއްޔެ ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 83،875 އަށް އަރާފަ އެވެ. އިއްޔެގެ ތަފާސްހިސާބުތަކާ ހަވަލާދީ އެޗްޕީއޭން ރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 164 މީހުނަކީ މާލެ ފިޔަވައި އެހެން ރަށްރަށުން އެ ބަލި ޖެހުނު މީހުނެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!