ތާލިބާނުންގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު: ތާލިބާނުންނަށް ކަމޭ ހިތާ ގައުމުތަކާ މުއާމަލާތް ކުރާނެ

އިމްރާންއަކީ ދީލަތި ބޭފުޅެއް: ތާލިބާނުން

ޕާކިސްތާން ބޮޑުވަޒީރު އިމްރާން ޚާނަކީ ދީލަތި ބޭފުޅެއް ކަމަށާއި އަފްޣާންގައި ސުލްހަ މަސަލަސް ވެފައި އޮތުމަށް އެ މަނިކުފާން ކުރައްވާ މަސައްކަތްތަކަަށް ތައުރީފު ކުރާ ކަމަށް ތާލިބާނުން ބުނެފި އެވެ.

ތާލިބާނުން ބުނީ އަފްޣާންގައި ސަރުކާރެއް އެކުލަވާލުމަށް ޕާކިސްތާންގެ އޮފިޝަލުން ދެއްވާ އިރުޝާދަކީ އިމްރާންގެ ގާތްކަން ކަމަށާއި ގަބީލާތަކަށް ބައި އެޅޭ ގޮތަށް ސަރުކާރު އެކުލަވާލުމަށް އިމްރާން ދެއްވި އިރުޝާދު ބަލައިގަންނަ ކަމަށެވެ.

“އިމްރާނަކީ އަފްޣާނަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅެއް،” ތާލިބާނުންގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ވިދާޅުވި އެވެ. “އިމްރާން ދެއްވާ އިރުޝާދަނީ އަޅުގަނޑުމެންގެ ރޭވުންތަކާ ފުށުއަރާ ކަންތައް ތަކެއް ކަމަށް އަޅުގަނޑުމެން ނުދެކެން” މުޖާހިދު ވިދާޅުވި އެވެ.

އިސްލާމިކް އެމިރޭޓް އޮފް އަފްޣާނިސްތާންގެ ފަރާތުން ކާބުލްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުޖާހިދު ވިދާޅުވީ ޕާކިސްތާނާއި ގަތަރު އަދި ޗައިނާއިން އަފްޣާނަށް ހެޔޮ އެދޭ ކަމަށާއި އަފްޣާންގައި އެ ގައުމުތަކަށް ހާއްސަ ދައުރެއް އޮންނާނެ ކަމަށެވެ.

ތާލިބާނުންނަށް ކަމޭހިތާ ކޮންމެ ގައުމަކާއެކު މަސައްކަތް ކުރާނެ ކަމަށް ޒަބީހުﷲ މުޖާހިދު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޗައިނާއާ ތުރުކީން ވަރަށް ކުރީއްސުރެ ތާލިބާނުންނަ މަޝްވަރާ ކުރާ ކަމަށާއި މިކަމުގައި ވެސް އިމްރާންގެ ދައުރު ބޮޑު ކަމަށެވެ.

ޕާކިސްތާންގެ ފޮރިން މިނިސްޓަރު ޝާހް މަހްމޫދު ގުރޭޝީ ވިދާޅުވި ގޮތުތައި ތާލިބާނުންނަށް ގައުމު ހިންގޭނެ ގޮތް ހަދައިދޭން ޖެހެ އެވެ. އަދި ދުނިޔޭގެ ޖަމިއްޔާތަކުން ހިފަހައްޓާފައި ހުރި އަފްޣާން ފައިސާ އެ ގައުމަށް ފޯރުކޮށް ދޭން ޖެހެ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!