މާލެ މަގުމަތީގައި ކޮވިޑަށް ޓެސްޓު ކުރަނީ / ފައިލް ފޮޓޯ: ދަ ޕްރެސް

ކޮވިޑް ކޭސްތައް މައްޗަށް، މިއަދު 220 މީހުން ޕޮޒިޓިވް

މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ ޖުމްލަ 220 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ. އެޗްޕީއޭ އިން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ނެގި 5166 ސާމްޕަލް ޓެސްޓުކޮށްފައި ވާ އިރު ޕޮޒިޓިވް ވެފައި ވަނީ 220 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 45 މީހަކާއި، އަތޮޅުތެރެއިން 164 މީހަކާއި ރިސޯޓްތަކުން 5 މީހަކާއި ލިވަ ބޯޓުން 6 މީހެކެވެ. މިއަދު ޕޮޒިޓިވްވި 220 މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 83،875 އަށް އަރާފައެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 229 އަށް އަރާފައި ވާއިރު ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން މިހާރު ފަރުވާދެމުން ގެންދަނީ 20 މީހުންނަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. ރާއްޖެއިން މި ބަލި ފެނުނުތާ މިއަދާ ހަމައަށް 563 ދުވަސް ވެފައި ވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 180 މީހަކު މަރުވެފައެވެ. މި ވަގުތު އެކްޓިވް ކޭސްގެ އިތުރުވެ 1694 މިީހަކު ކޮވިޑް ޖެހިފައި އެބަ ތިބި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!