މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ/ މަޖިލިސް

ހިދުމަތް ހޯދާ މީހުންގެ ހައްގު ހިމާޔަތް ކޮށްދޭ ހަކަތައިގެ ބިލް ފާސްކޮށްފި

ހިދުމަތް ލިބިގަންނަ ފަަރާތްތަކުގެ ހައްގު ހިމާޔަތް ކުރުން ހިމެނޭ ގޮތަށް “ދިވެހިރާއްޖޭގެ ހަކަތައިގެ ބިލް” މަޖިލީހުން ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެންބަރުންގެ ވޯޓުގެ އިއްތިފާގުންނެވެ. ހަކަތައިގެ ބިލަކީ ދިވެހިރާއްޖޭގައި ހަކަތަ އުފެއްދުމާއި، ހަކަތަ ބޭނުންކުރުމާއި، ހަކަތަ ފޯރުކޮށްދިނުމާ ގުޅޭ އުސޫލުތައް ކަނޑައަޅައި، ހަކަތައިގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ހައްގުތަކާއި، ޢާންމު ބޭނުންތަކެއްގެ ހިދުމަތެއްގެ ގޮތުގައި ހަކަތަ ފޯރުކޮށްދޭ ފަރާތްތަކުގެ ޙައްގުތަކާއި ޒިންމާތައް ކަނޑައަޅާ ބިލެކެވެ. މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ދައުލަތުގެ އިދާރާތަކުގެ ޒިންމާތަކާއި ބާރުތަކާއި، ހަކަތައިގެ ޚިދުމަތް ގާއިމް ކުރުމާއި ހިންގުމުގެ ތެރެއިން ތިމާވެށްޓާއި އާއްމު ސިއްހަތަށް ލިބޭ ގެއްލުންތައްވެސް ހިމަނާފައިވެއެވެ. ހަކަތައިގެ ދާއިރާ ރެގިއުލޭޓް ކުރުމަށް ރަށު ފެންވަރާއި ސިޓީ ފެންވަރުގައި ހިންގާ ޕްރޮޖެކްްޓަތަކަށް ލައިސެންސް ދިނުން ޔޫޓިލިޓީ އޮތޯރިޓީގެ ދަށުން އެކުލަވާލާ އުސޫލެއްގެ ދަށުން ކަންސިލްތަކަށް އެ ބާރުތައް ދިނުމަށް ބިލުގައި ވަނީ ހިމަނާފައެވެ. ރާއްޖެއިން 2030 ވަނަ އަހަރުގައި ނެޓް ޒީރޯއަށް އަމާޒު ހިފާފައިވާއިރު އިއާދަކުރަނިވި ހަކަތަ އިތުރުކުރުމަށް ވަސީލަތްތައް ދެނެގަނެ، އެކަމަށް ބާރު އެޅުމުގެ ގޮތުން ބިލު ގާނޫނަކަށް ވެގެން އަންނައިރު، ރާއްޖޭގެ ސަރަހައްދުގައި ހިމެނޭ އިއާދަކުރަނިވި ހަކަތައިގެ ހުރިހާ ވަސީލަތްތަކުގެ ސާވޭއެއް ހެދުމުގެ މަސައްކަތް މިނިސްޓްރީން ކުރުމަށް އެ ބިލުގައި ވަނީ ލާޒިމް ކޮށްފައެވެ. މީގެ އިތުރުން އެ ބިލު ގާނޫނަކަށްވެ، އެ ގާނޫނަށް އަމަލުކުރަން ފަށާތާ 24 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުގައި ހިމެނޭ ހުރިހާ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުގެ އިންވެންޓްރީއެއް އެކުލަވާލައި ވަސީލަތްތަކުގެ ޗާޓެއް ހަދައި އާއްމުކޮށް ކޮންމެ އަހަރަކު އެއްފަހަރު ޗާޓް މުރާޖައާ ކުރުންވެސް ބިލުގައި ވަނީ ލާޒިމުކޮށްފައިއެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!