ހުޅުމާލޭގައި ސްކޫލެއް އަޅަން ވިލާއަށް ބިން ދީފި

ހުޅުމާލޭގައި ޕްރައިވެޓް ސްކޫލެއް ތަރައްގީކުރުމަށް ވިލާ އެޑިއުކޭޝަނަލް ސާވިސްއަށް އެޗްޑީސީން ބިމެއް ދޫކޮށްފި އެވެ.

ޕްރައިވެޓް ސްކޫލެއްގެ ގޮތުގައި ސްކޫލެއް ހިންގަން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އެކު ވިލާ އިން މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފެވެ. ވިލާގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރެވެ.

މި ބިމަކީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ދޫކޮށްފައިވާ ބިމެކެވެ. ހަ ބުރިއަށް ތަރައްގީކުރާ މި ސްކޫލް އަޅާ ބިމުގައި 35،885 އަކަފޫޓު ހުންނާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ވިލާ އިން ގެންދަނީ މާލޭގައި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ނަމުގައިވެސް ސްކޫލެއް ހިންގަމުންނެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!