ޔުދިނޭޒް އަތުން ނަޕޯލީ މޮޅުވީ 4-0 ގެ ނަތީޖާ އަކުން

ނަޕޯލީއަށް ފަސޭހަ މޮޅެއް

އިޓާލިއަން ލީގުގައި ނަޕޯލީ ކުޅުނު މެޗުން އެޓީމަށް ފަސޭހަ މޮޅެއް ލިބިއްޖެ އެވެ.

ޔުދިނޭޒްގެ ދަނޑުގައި ރޭ ނަޕޯލީ އާއި ޔުދިނޭޒް ކުޅުނު މެޗުން ނަޕޯލީ މޮޅުވީ 4-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

ނަޕޯލީއިން މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގަ އެވެ. މި ގޯލަކީ ވިކްޓާ އޮސިމްހަން އެޓީމަށް ކާމިޔާބު ކޮށްދިން ގޯލެކެވެ. އޭގެ 10 މިނެޓު ފަހުން ނަޕޯލީއަށް އިތުރަށް ލީޑު ފުޅާ ކޮށްދިނި ކޮއުލީބަލީ ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން އާމިރް ރަހްމާނީ އެވެ. ފުރަތަމަ ހާދު ނިމުނީ ދެ ލަނޑުގެ ލީޑެއްގައި ނަޕޯލީ އޮވެގެންނެވެ.

ނަޕޯލީން އަނެއް ދެ ގޯލު ޖެހީ ދެވަނަ ހާފުގަ އެވެ. ދެވަނަ ހާފުގައި އިދިކޮޅު އޭރިއާ ތެރެއިން ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނަޕޯލީއަށް ފުރަތަމަ ގޯލު ޖަހައިދިނީ ކޮއުލީބަލީ އެވެ. އޭނާ ވަނީ ޓީމުގެ ދެވަނަ ގޯލު ޖެހުމުގައި ވެސް ވަރަށް ބޮޑަށް އެހީތެރިވެދީފަ އެވެ. ނަޕޯލީގެ ފަހު ގޯލަކީ އޭރިއާގެ އަރިމަތީގައި ހުރެފައި ލޮޒާނޯ ޖަހައިދިން ވަރަށް ހިތްގައިމު ގޯލެކެވެ.

ރޭގެ މޮޅާއި އެކު ނަޕޯލީ މިހާރު އޮތީ 12 ޕޮއިންޓާއި އެކު ތާވަލުގެ އެއްވަނައިގަ އެވެ. ނަޕޯލީ ވަނީ އެޓީމު ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!