މިއަދުގެ ބައްދަލްވުމުގައި ޗައިނާ ސަފީރު ބައިވެރިވެވަޑައިގަންނަވަނީ --

ނަޝީދުއާ ޗައިނާ ސަފީރުގެ ފުރަތަމަ ބައްދަލްވުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ޗައިނާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ވެންގް ލިޒިން މިއަދު ބައްދަލު ކުރައްވައިފި އެވެ.

ދެ ބޭފުޅުން މިއަދު ބައްދަލު ކުރެއްވީ އޮންލައިންކޮށެވެ. އެ ބައްދަލްވުމާއި ގުޅޭ ތަފްސީލެއް ރައްޔިތުންގެ މަޖިލީހުން އަދި ޗައިނާ އެމްބަސީންވެސް ހާމަކޮށްފައެއް ނުވެއެވެ. މަޖިލީހުގެ އިދާރާއިން ވަނީ ބައްދަލްވުމުގެ ތަފްސީލު ހާމަނުކޮށް ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓްގައި ބައްދަލްވުމުގެ ބައެއް ފޮޓޯތައް ހިއްސާ ކުރެއްވިއެވެ.

މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއަށް ފަހު ރައީސް ނަޝީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

ޗައިނާ ސަފީރާ، ނަޝީދުގެ ފުރަތަމަ ބައްދަލްވުން ބާއްވަވާފައިވާއިރު ނަޝީދު ފާހަގަ ކުރެވިފައިވަނީ ޗައިނާއާ ދެކޮޅަށް ވަރަށް ގިނައިން ވާހަކަ ދައްކަވާ ބޭފުޅެއްގެ ގޮތުގައެވެ. ކުރީން ހުންނެވި ޗައިނާ ސަފީރަކީ ނަޝީދުގެ އެފަދަ ވާހަކަތަކަށް ވަރަށް ބޮޑަށް ރައްދު ދެއްވި ބޭފުޅެކެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!