ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު އަދި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް -- އަވަސް ފޮޓޯ

ޖޭޕީގެ ރަައީސް ކަމަށް ޝައުގުވެރިވޭ: މައުސޫމް

ޖުމްހޫރީ ޕާޓީގެ ދެން އޮންނަ ގައުމީ ކޮންޕަރެންސްގައި އެ ޕާޓީގެ ރަައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ދެންމެ ވިދާޅުވެއްޖެ އެވެ.

މައުސޫމް މިހެން ވިދާޅުވީ އޭނާ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓް އޭނާ ކުރައްވާފައި މިވަނީ ޖުމްހޫރީ ޕާޓީގެ މިހާރުގެ ރައީސް އަލީ ވަހީދު އޮންލައިންކޮށް ނޫސްވެރިންގެ ބައްދަލްވުމެއް ބާއްވަވަމުން ގެންދަވަނިކޮށެވެ.

“ޖުމްހޫރީ ޕާޓީގެ ދެން އޮންނަ ގައުމީ ކޮންފަރެންސްގައި ޕާޓީގެ އިންތިހާބު ބާއްވާއިރު ޕާޓީގެ ‘ރައީސް’ ކަމަށް ކުރިމަތިލުމުގެ ވިސްނުމެއް އެބަ ގެންގުޅެން،” މައުސޫމް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

މައުސޫމްގެ މި ޓްވީޓާ ގުޅިގެން އަަވަސްއިން އެ ނޫސްވެރިންގެ ބައްދަލްވުމުގައި ސުވާލު ކުރުމުން އަލީ ވަހީދު ވިދާޅުވީ “ގަޅިއުކާނީ މޭވާ އަޅާ ގަސް ގަހަށް” ކަމަށެވެ. އަދި މައުސޫމްގެ ވާހަކަތަކަށް ރައްދު ދެއްވަން ބޭނުންފުޅުނުވާ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުގައި އޭނާ ހުންނެވީ ގާސިމް އިބްރާހިމަށް ކުރައްވާ އިހުތިރާމެއްގެ ސަބަބުން ކަމަށެވެ. އަދި އެ ޕާޓީގެ ރައީސް ކަމުން އޭނާ ވަކިކުރެއްވުމާއި އަދި އެ މަގާމުގައި ބެހެއްޓެވުމާއި ގުޅޭގޮތުން ގޮތް ނިންމާނީ ޖޭޕީގެ ކަައުންސިލުން ކަމަށެވެ. ކައުންސިލުން ކޮންމެ ގޮތަކަށް ނިންމެވިއަސް އެކަަމަށް ފަރުވާލެއް ނެތް ކަަމަށްވެސް ވިދާޅުވިއެވެ.

“އަޅުގަނޑު ޖުމްހޫރީ ޕާޓީގައި މި ހުރީ އޮނަރަބަލް ގާސިމް އިބްރާހިމަށް ކުރައްވާ އިހުތިރާމެއްގެ ސަބަބުން،” އަލީ ވަހީދު ވިދާޅުވިއެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!