އޮގަސްޓް 30، 2021: ރައީސް އޮފީސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގަވް އެމްވީ އިިން އާންމުންނަށް އޮންލައިން މެސެޖުކުރުމުގެ ފުރުސަތު ހުޅުވާލައިފި

ސަރުކާރުން އިފްތިތާހުކުރި ގަވް ޑޮޓް އެމްވީއަށް އާންމުންނަށް އޮންލައިންކޮށް މެސެޖުކުރެވޭނެހެން ފުރުސަތު ހުޅުވާލައިފިއެވެ. ރައީސް އޮފީހުން ބުނީ އާންމުންނަށް އެ ފުރުސަތު ހުޅުވާލުމާއެކު ދައުލަތުގެ އިދާރާތަކުން އެ މެސެޖުތަކަށް ޖަވާބު ދިނުމުގައި އަަމަލުކުރަންވީ ވަކި އުސޫލުތަކެއް ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން އޮންލައިންކޮށް ކުރާ މެސެޖަށް ވެސް އެ އިދާރާއަކުން ހަމަޖައްސާފައި އޮންނަ ވަކި މުއްދަތެއްގެ ތެރޭގައި ޖަވާބު ދޭންވާނެކަމަށް ރައީސް އޮފީހުންވަނީ ބުނެފައެވެ.އަދި ޖަވާބު ދޭންވާނީ ދިވެހިބަހުންކަމަށްވެސް އެ އޮފީހުން ބުންޏެވެ ގަވް ޑޮޓް އެމްވީ މެސެޖުގެ ހިދުމަތުގެ ސަބަބުން ސަރުކާރުގެ އޮފީސްތަކަށް ކޮންމެ ގަޑިއަކުވެސް ލިޔެކިޔުންތައް ފޮނުވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ގަވް ޑޮޓް އެމްވީ މެސެޖް ފަރުމާކޮށްފައި ވަނީ އެ ނިޒާމުގެ އެހީގައި ރައްޔިތުން އިދާރާތަކަށް ފޮނުވާ ލިޔެކިޔުންތަކުގެ މިންވަރު ވަގުތުން، ވަކިވަކިން ފެންނާނެ ޑޭޝްބޯޑަކާ އެއްކޮށެވެ. މި ހިދުމަތުން ލިބިދޭ ލުއިފަސޭހަތަކުގެ ތެރޭގައި، ސަރުކާރުގެ އޮފީހަކަށް ކަމެއް ހުށަހެޅުމަށް އެ އޮފީހަކަށް ދާން ނުޖެހުމާއި، ރަސްމީގަޑި ފެށެންދެން އެކަމެއް ހުށަހަޅަން މަޑުކުރަން ނުޖެހުމާއި، އެ ހުށަހެޅި ކަމަކާ މެދު އޮފީހަކުން ފިޔަވަޅު އަޅަމުންދާ މިންވަރު ބެލޭނެ ގޮތް ހަދައިފައިވުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!