މޭ 6، 2021 ވަނަ ދުވަހުގެ ރޭ 8:25 ހާ އިރު ރައީސް ނަޝީދު ކާރަށް އަރާވަޑައިގަތުމަށް ގ. ކެނެރީގެއިން ނުކުމެވަޑައިގެން ހިންގަވަނީ

6 މޭ: 4 މީހެއްގެ ޝަރީއަތް މާދަމާ ފަށަނީ

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ 6 ވަނަ ދަވަހުގެ ރޭ ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ދައުވާކޮށްފައި ވާ 4 މީހެއްގެ ޝަރީއަތް މާދަމާ ފަށަން ތާވަލް ކޮށްފިއެވެ. މާދަމާ ޝަރީއަތުގެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ އަދުހަމް އަހުމަދު ރަޝީދު ވ. ތިނަދޫ، ހިޔާ، މުޖާޒު އަހުމަދު (21) މއ. ފޭރުގެ، ތަހުމީން އަހުމަދު (32) ގއ. ކޮނޑޭ، ފޮޅޭމާ، އަދި އަލީ ހައިޝަމް (27) ނ. މަނަދޫ، ނޫރީގެއެވެ. ވ. ތިނަދޫ، ހިޔާ އަދުހަމް އަހުމަދު ރަޝީދު (26) އަށް ކުރާ 3 ދައުވާގެ ޝަރީއަތުގެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ މާދަމާ މެންދުރުފަހު 1 ޖަހާއިރަށެވެ. އެއީ ޓެރަރިޒަމް އަމަލެއްކުރުމުގެ ދައުވާއަކާއި ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއެއްގެ އިތުރުން ޓެރަރިޒަމް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެކެވެ. މުޖާޒު އަހުމަދާއި ތަހުމީން އަހުމަދުގެ އިތުރުން އަލީ ހައިޝަމްގެ ޝަރީއަތުގެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ މާދަމާ މެންދުރުފަހު 2 ޖަހާއިރަށެވެ. ތަހުމީނާއި ހައިޝަމްގެ މައްޗަށް ޓެރަރިޒަމް އަމަލެއް ހިނގުމުގައި ބައިވެރިވުމުގެ ދައުވާއާއި ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާގެ އިތުރުން ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިމުގެ ދައުވާވަނީ ކޮށްފައެވެ. މީގެ އިތުރުން ތަހުމީނުގެ މައްޗަށް ވަނީ ޓެރަރިޒަމް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ވެސް ކޮށްފައެވެ. މުޖާޒުގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމް އަމަލެއް ހިނގުމުގައި ބައިވެރިވުމުގެ ދައުވާއާއި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާއެވެ. ޕީޖީން ވަނީ މި މަހުގެ 13 ވަނަ ދުވަހު 3 މީހުންގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި މ. ކުދެހިގޭ އިސްހާގާއި، ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރަށް ހިމެނެނީ އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމް ހިމެނެއެވެ. މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެވަޑައިގެން ނީލޯފަރު ހިނގުމުން ހިންގަވައި، މަޖީދީ މަގުގައި ހުންނެވި އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވަނިކޮށް ގޮއްވާލީ ކަންމަތީގައި ޕާކްކޮށްފައިވާ ސައިކަލެއްގައި ހަރުކޮށްފައި އިން އައިއީޑީއެކެވެ. ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވި ކަމަށާއި އަވަސް ފަރުވާ ނުދެވުނު ނަމަ ނަޝީދުގެ ފުރާނަފުޅު ސަލާމަތް ނުކުރެވުނީސް ކަމަށް އެންމެ ފުރަތަމަ ފަރުވާ ދިން އޭޑީކޭގެ ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. މިޙާރު ނަޝީދު އިނގިރޭސިވިލާތުގައި ފަރުވާ ހޯއްދަވާއިރު، އެމަނިކުފާނު ވިދާޅުވެފައި ވަނީ އެހަމަލާގެ ސަބަބުން ލިބިވަޑައިގެންނެވި އަނިޔާގެ ސަބަބުން ކަނާއަތްޕުޅުގެ 3 އިންގިއްޔެއްގެ އައްސިކަން ހުންނަ ކަމަށެވެ. ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ 10 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހަމަލާދިނުމުގައި އިސްކޮށް އުޅުނު އަދި ރޭވުމުގައި އިސްކޮށް އުޅުނު މީހުންނާއި، އަމަލީ ގޮތުން ބައިވެރިވި މީހުން ހިމެނެއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!