ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އަނެއްކާވެސް ފަށައިގެން ކުރިއަށް ދަނީ

މެދުކެނޑިފައި އޮތުމަށް ފަހު ތުޅާދޫގެ ފަޅު ފުންކުރުމުގެ މަސައްކަތް ފަށައިފި

ބ. ތުޅާދޫގެ ފަޅު ފުން ކުރުމުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށް ފަހު އަނެއްކާ ވެސް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫގެ ދަށުން، ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް މި މަހުގެ 15 ވަނަ ދުވަހު ފަށަފައިވާ ކަމަށެވެ. މި މަޝްރޫގެ ދަށުން، ކޮނުމަށް ފަހު ބިންގަނޑު އެއްވަރު ކުރަން 11,700 ކިއުބިކް މީޓަރުގެ ވެލި ބޭނުން ކުރުމާއި، ބެޑު ތައްޔާރު ކުރުމާއި، 280 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. މި މަޝްރޫއަކީ 10.13 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީއިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަމުންނެވެ. ތުޅާދޫގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުން އަންނަ އިރު، ރ ފައިނުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެ ކުންފުނިން ވަނީ ތައްޔާރުވެފައެވެ. ހަމައެއާއެކު މ. ދިއްގަރު ގޮނޑުދޮށް ހިމާޔަްތ ކުރުމުގެ މަސައްކަތް މިހާރު އެ ކުންފުނިން ފަށައިގެން އަންނަނީ ހަލުވި ސްޕީޑެއްގައި ކުރަމުންނެވެ. މިދިޔަ މަސްތެރޭ ނ. ހެންބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލާފައި ވާއިރު، މިހަރު ހއ. ދިއްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ބޮޑު ބައި ވަނީ ނިންމާލާފައެވެ. އެ ކުންފުނިން ހިންގާ މި ފަދަ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހޯރަފުށީ އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތްވެސް ވަނީ ފަށާފައެވެ

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!