ސިވިލް ސާވިސް ކޮމިޝަނުން ޗިލްޑްރަންސް އޮމްބަޑްސްޕާސަން އާ ބައްދަލު ކުރުން / ފޮޓޯ: ސީއެސްސީ

މިނިމަމް ވޭޖްގެ މައްސަލަ: ގޮތް ނޭނގޭ ބަޔަކު ދޭ އިރުޝާދު ތަކަށް އަމަލު ނުކުރަން ސީއެސްސީން އެދިއްޖެ

ވަކި ބަޔަކު ނޭނގޭގޮތަށް ހިންގާ ހަރަކާތްތަކާއި، ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް ސިވިލް ސާވިސް މުވައްޒަފުން އަމަލު ނުކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އެދިއްޖެއެވެ. މިނިމަމް ވޭޖްގެ މައްސަލަ ހޫނުވަނިކޮށް ސީއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރަނީ މުވައްޒަފުންގެ ކަންބޮޑުވުންތައް އަޑުއަހައި، ގާތުން މަސައްކަތް ކުރުމަށް ކަމަށެވެ. އެ ޝަކުވާތައް ހިއްސާ ކުރުމަށް އޮފީހުގެ ދޮރު ހުންނަނީ އަބަދުވެސް ހުޅުވިފައި ކަމަށާއި ސިވިލް ސާވަންޓުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ސީއެސްސީން ބުންޏެވެ. މީގެ އިތުރުން، ގާނޫނުން ލިބިދޭ ހައްގުތައް ބޭނުންކުރުމުގައި ވެސް ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަކަށް އަމަލުކުރަން ސީއެސްސީން ވަނީ އެދިފައެވެ. “ދިވެހި ސިވިލް ސާވަންޓްސް އެސޯސިއޭޝަން” ގްރޫޕަކުން އިސްނަގައިގެން ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމާއި އެހެނިހެން ދަތިތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން، ކަޅު ހެދުމުގައި ސިވިލް ސާވިސްގެ ބައެއް މުވައްޒަފުން އިއްޔެ ވަނީ ހިމޭން އިހުތިޖާޖެއް ކޮށްފައެވެ. ސީއެސްސީން ބުނީ އެއީ ރަޖިސްޓަރީ ކޮށްފައިވާ ޖަމިއްޔާއެއް ނޫން ކަމަށެވެ. އެހެންކަމުން ވަކި ބައެއް ކަން ނޭނގޭ ގޮތަށް ހިންގާ ހަރަކާތްތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް މުވައްޒަފުން އަމަލު ނުކުރުމަށެވެ. މިނިމަމް ވޭޖްގެ މައްސަލައިގާ މިއަދު ބައެއް ކައުންސިލްތަކުގެ މަސައްކަތް ވެސް ހުއްޓާލާފައެެވެ. އެގޮތުން މަސައްކަތް ހުއްޓާލި ބައެއް ކައުންސިލް އިދާރާތަކުގެ ތެރޭގައި ކ. ތުލުސްދޫ ކައުންސިލް އިދާރާ، ކ ހިއްމަފުށި ކައުންސިލް އިދާރާ، ކ. ދިއްފުށި ކައުންސިލް އިދާރާ، ކ. ގުރަދޫ ކައުންސިލްގެ އިރާދާ، ކ. ހުރާ ކައުންސިލް އިދާރާ، އއ. މަތިވެރި ކައުންސިލް އިދާރާ، އއ. ހިމަންދޫ ކައުންސިލް އިދާރާ، ހިމެނެއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!