ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

އިތުރަށް ޖަމާވެ އަނބުރާ ނުދޭ މީހުންގެ މުސާރައިން އެބައި އުނިކުރަނީ

އޮޅިގެން މުސާރަ އިތުރަށް ޖަމާވެފައިވާ ފަރާތްތަކުގެ ތެރެއިން އިތުރުވި ފައިސާ ނުދޭ ފަރާތްތަކުގެ މުސާރައިން އެބައި އުނިކުރަން ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ. އެ މިނިސްޓްރީން މިގޮތަށް ނިންމާފައި ވަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުންނަށް މުސާރަ އިތުރަށް އޮޅިގެން ޖަމާކުރެވިފައި ވާއިރު، އޭގެ ތެރެއިން ބައެއް މުވައްޒަފުން އިތުރުވި ފައިސާ އަދިވެސް އަނބުރާ ދީފައި ނުވާތީއެވެ. ފިނޭންސް މިނިސްޓްރީން ބުނީ އޮޅިގެން 1،796 މުވައްޒަފަކަށް އިތުރަށް މުސާރަ ޖަމާކޮށްދެވުނު ކަމަށާއި، އޭގެ ތެރެއިން ގިނަ މުވައްޒަފުން ފައިސާ އަނބުރާ ރައްދުކުރި ކަމަށެވެ. އަދި 34 މުވައްޒަފަކަށް މަދުން މުސާރަ ދެވުމުން އެ ފައިސާ ދީފައިވާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ. އޮޅިގެން މުސާރައިގެ ގޮތުގައި ބޮޑެތި އަދަދުތައް ދެވުނުކަން ފިނޭންސް މިނިސްޓްރީ އަށް އެނގުމާއެކު، މުސާރަ އިތުރަށް ޖަމާވި މީހުންގެ އަތުން ފައިސާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިހެން ދިމާވާން މެދުވެރިވީ މުސާރަ ޝީޓުގެ އަދަދުތައް އިސްފަސްވުމުން ކަމަށާއި މިފަދަ ކަންތައްތައް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި މުސާރައިގެ ކަންތައްތައް ހަރުދަނާ އުސޫލެއްގެ ތެރެއިން ކުރަން ރާވާފައިވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!