ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު -- ފޮޓޯ: އަވަސް

އަލީ ވަހީދު މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ޖިންސީ ގޯނާގެ ތުހުމަތުތަކެއްގައި ދައުވާ ލިބޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

ޔޫކޭގައި ހުންނަވައިގެން އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރޭ 9:00 ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ފްރޭމްކޮށް އަޒުލުކުރި ގޮތް ހަމާކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ނިންމި ގޮތާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި އަދި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅޭ ތަފްސީލްތައް ވެސް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

“މިރޭގެ ނިއުސް ކޮންފަރެންސްގައި އަޅުގަނޑު ފްރޭމްކޮށް އަޒުލުކުރި ގޮތާއި، ރައީސް ޔާމީން ޖަލަށްލާން ނިންމި ނިންމުމާއި، ޕީޖީއާ އެމްއެމްޕީއާރުސީގެ ހިޔާނާތާއި އޮތް ގުޅުމާއި އުތުރު ތިލަފަޅު ހިމެނޭ،” އަލީ ވަހީދު ވިދާޅުވި އެވެ.

މީގެ ކުރިން މިދިޔަ މަހުގެ 25 ވަނަ ދުވަހު ވެސް އަލީ ވަނީ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް އެފަހަރު އެކަން ނުވީ ޔޫކޭގެ ފުލުހުން އޭނާ ހައްޔަރުކުރުމުންނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ވިސާ ހަމަވުމާއި ގުޅިގެންނެވެ.

ދައުލަތުން ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދިފަ އެވެ. ނަމަވެސް ހައިކޯޓުން އެ މައްސަލައިގައި އެ އަމުރު ނެރެދީފައެއް ނުވެ އެވެ. އެ އަމުރު ނެރެދީފައި ނުވަނީ ދައުލަތުން އަލީގެ ޑިޕްލޮމެޓިކް ޕާސްޕޯޓު ހިފެހެއްޓުމަށް އެދިފައި ވުމުންނެވެ. އެ ޕާސްޕޯޓަކީ އަލީ މަގާމުން ވަކިވުމާއި ހަމައިން ބާތިލުކޮށްފައިވާ ޕާސްޕޯޓެކެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!