ވެލާނާގޭގައި ހުންނަ އޮފީހަކުން މީހަކު ނުކުންނަ އިރު އެހެން މީހަކު ވެލާނާގެ އިމާރާތަށް ވަންނަނީ ---

މިނިމަމް ވޭޖް ކަނޑައަޅާ، ދަށް ފަންތީގެ މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކަށް ހެޔޮ ބަދަލެއް

މިނިމަމް ވޭޖް ކަނޑައަޅާ، ދަށް ފަންތީގެ މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ނެޝަނަލް ޕޭ ކޮމިޝަނުން ބުނެފިއެވެ. ނެޝަނަލް ޕޭ ކޮމިޝަނުން އެހެން ބުނެފައިވަނީ އެކަށީގެންވާ އުޖޫރަ އާ އިނާޔަތްތައް ނުލިބޭ ކަމަށް ބުނެ ގިނަ އަދަދެއްގެ ސިވިލް ސާވިސް މުވައްޒަފުން ކަޅު ހެދުމުގައި އޮފީހަށް ނުކުމެ ހަމަހިމޭން އިޖުތިޖާޖެއް އިއްޔެ ކޮށްފައިވަނިކޮށެވެ. އެގޮތުން އެ ކޮމިޝަނުން ބުނީ ކޮވިޑް-19ގެ ދަތި ހާލަތުގައި ވެސް ސިވިލް ސާވިސްގެ ގިނަ މުވައްޒަފުންގެ މުސާރަ ކުޑަނުކޮށް ސަރުކާރުން ދީފައިވާ ކަމަށެވެ. އެކޮމިޝަނުން ބުނީ މިނިމަމް ވޭޖެއް ކަނޑައަޅާ މިއަހަރުގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށެވެ. އެގޮތުން މިނިމަމް ވޭޖް ކަނޑައެޅުމުން ސިވިލް ސާވިސްގައި ހިމެނޭ އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ. އޭގެ އިތުރުން ދައުލަތުގެ ހުރިހާ ފަންނުތަކެއް ހިމެނޭގޮތަށް ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާ އެއްހަމަ ޕޭ ފްރޭމްވާކްގެ މަސައްކަތް މިހާރު އެންމެ ފަހުގެ މަރުހަލާގައިވާ ކަމަށް ވެސް އެކޮމިޝަނުން ބުނެއެވެ. އެ މަސައްކަތް މިއަހަރުގެ ތެރޭގައި އެއްކޮށް ނިމޭނެ ކަމަށާ މި އާ ޕޭ ފްރޭމްވާކްގެ ސަބަބުން ދައުލަތުގެ އިދާރާތަކުގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލެވި، އެއްހަމަ މިންގަނޑަކުން މުސާރައާ އިނާޔަތްތައް ކަނޑައެޅިގެންދާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ. ކޮމިޝަނުން އިތުރަށް ބުނީ އާ ޕޭ ފްރޭމްވާކްގައި ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ހުރިހާ ފަންނުތަކުގެ ގިންތިތަކާ ފަންތިތައް ކަނޑައަޅާ، ކޮންމެ ފަންނަކަށް ވެސް އެކަށޭނަ މުސާރައާ އިނާޔަތްތައް ކަނޑައެޅިގެންދާނެ ކަމަށެވެ. އެގޮތުން ކަނޑައަޅާ މުސާރައާ އިނާޔަތްތަކަކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ އިލްމީ ގާބިލުކަމާ ފަންނުވެރިކަމާ، މަގާމުގެ މަސްއޫލިއްޔަތާ ޒިންމާތަކުގެ ބުރަކަމާ، ކުރިމަތިވެދާނެ ތަފާތު ވައްތަރުގެ ހިރާސްތަކާ، މަސައްކަތުގެ މާހައުލުގައި ކުރިލާންޖެހޭނެ ޖިސްމާނީ ބުރަތަކަށް ރިއާޔަތްކޮށްގެން ކަނޑައެޅޭނެ މުސާރައާ އިނާޔަތްތަކެއް ކަމުގާވާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ. އެކޮމިޝަނުން ބުނީ ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުން ފެށިގެން އެއާ ޕޭ ފްރޭމްވާކަށް މުވައްޒަފުން ބަދަލުވުމުގެ މަސައްކަތް ފެށުން ކަމަށާ އާ ޕޭ ފްރޭމްވާކްގެ ސަބަބުން ސިވިލް ސާވިސްގެ މުވައްޒަފުންގެ މެދުގައި މުސާރައާ މެދު ހުރި ގިނަ ކަންބޮޑުވުންތަކަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށެވެ. ސިވިލް ސާވެންޓުންގެ މުސާރައަށް އެންމެ ފަހުން ބަދަލެއް ގެނެސްފައި ވަނީ 2018 ވަނަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!