ނިއުޔޯކުން އަބްދުﷲ ޝާހިދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ދަންނަވަނީ / ފޮޓޯ: ރައީސް އޮފީސް

ނިއުޔޯކުން ޝާހިދު، ރައީސަށް މަރުހަބާ ދަންނަވައިފި

އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެމެރިކާގެ ނިއުޔޯކަށް ވަޑައިގަތުމުން އެ މަޖިލީހުގެ ރައީސް، އަދި ދިވެހި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރައީސަށް މަރުހަބާ ދަންނަވައިފިއެވެ. ނިއުޔޯކުގެ އެއާޕޯޓު، ޖޯން އެފް ކެނެޑީ އިން މިއަދު ރައީސަށް މަރުހަބާ ވިދާޅުވީ އަބްދުﷲ ޝާހިދާއި ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، ތިލްމީޒާ ހުސައިނެވެ. އެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނަވައެވެ. އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ރައީސް ތަގްރީރު ކުރެއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 21، 2021 ވާ އަންގާރަ ދުވަހުއެވެ. އޭގެ އިތުރުން ރައީސްގެ އެ ދަތުރުފުޅުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކާއި ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ މަޝްވަރާތައް ބާއްވަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. ރައީސް އޮފީހުން ބުނީ އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ މަގާމު މިފަހަރު ދިވެއްސަކު ފުރުއްވަމުން ގެންދަވާ ކަމީ ރާއްޖެ އދ އާ ގުޅުނުތާ މިވީ ދިގު ތާރީހުގައި ވެސް ރާއްޖެއަށް ނުލިބޭ ފަދަ މުހިންމު ކާމިޔާބީއެއް ކަމަށެވެ. ރައީސް އެމެރިކާގެ ނިއުޔޯކަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 28، 2021 ވަނަ ދުވަހުއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!