ކ. ތިލަފުށި

އެއްވިއުގައަކުން ގުޅާލަން ތިލަފުށީގައި ޕަވާ ހައުސެއް

މާލޭ ސަރަހައްދުގެ ކަރަންޓު ނެޓްވޯކް އެއް ވިއުގައަކުން ގުޅާލަން ތިލަފުށީގައި ޕަވާ ހައުސެއް އަޅަން ސްޓެލްކޯއިން ނިންމައިފި އެވެ.

މި މަޝްރޫއާއި ގުޅޭ ގޮތުން ސްޓެލްކޯއިން ބުނީ ތިލަފުށީގައި އަޅަން ނިންމާފައި ވަނީ 150 މެގާ ވޮޓްސްގެ ކެޕޭސިޓީ ހުންނަ ޕަވާ ހައުސެއް ކަމަށެވެ. އަދި މި މަޝްރޫއު ފަށާނީ ތިލަ މާލެ ބްރިޖް އަޅައި ނިމުމުން ކަމަށެވެ.

މަޝްރޫގެ ފްލޭންތައް މިހާރު ވަނީ ސަރުކާރަށް ހުށަހަޅާފަ އެވެ. ތިލަފުށީގައި ޕަވާ ހައުސް އެޅުމާއެކު މާލެ، ވިލިމާލެ އަދި ގުޅިފަޅަށް ކަރަންޓް ދޭނީ އެ ޕަވާ ހައުސް މެދުވެރިކޮށެވެ.

ހުޅުމާލޭގައި މިހާރު އިމާރާތް ކޮށްފައިވާ ޕަވާ ހައުސިންގެ ކެޕޭސިޓީ 100 އަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!