ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް: އަފްގާނުގައި ތިބި ދިވެހި އާއިލާ ތިބީ ސޭފް ސަރަހައްދެއްގައި ކަމަށް އެޗްއާރްސީއެމް އިން ބުނޭ

ޝާފިއުގެ އާއިލާ ތިބީ ރައްކާތެރި ސަރަހައްދެއްގައި

ޓެރަރިޒަމްގެ ކުށް ސާބިތުވެ އަފްގާނިސްތާނުގެ ޖަލެއްގައި ބަންދުކޮށްފައި ތިއްބާ ތާލިބާނުން އެ ގައުމު ހިފައި މިނިވަން ކުރި ދިވެހި ދެމަފިރިންނާއި ހަތަރު ކުދިން ތިބީ “ރައްކާތެރި” ސަރަހައްދެއްގައި ކަމަށް ހިއުމަން ރައިޓްސް މޯލްޑިވްސް (އެޗްއާރްސިއެމް) އިން ބުނެފި އެވެ.

އަފްގާނުގައި ތިބި ދިވެހި އާއިލާއާއި ގުޅޭގޮތުން އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ޔާމީން ވިދާޅުވީ އެ ދެމަފިރިން ހަމައެކަނި ގުޅާފައިވަނީ އެމީހުންގެ އާއިލާއަށް ކަމަށެވެ. ހ. މޫންލައިޓްވެލީ އުމުރުން 32 އަހަރުގެ އަލީ ޝާފިއުގެ އާއިލާ އިން ދިވެހި ސަރުކާރާއި ގުޅަން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.

ޔާމީން ވިދާޅުވީ އެޗްއާރްސީއެމުން މާލޭގައިވާ ދިރިއުޅޭ ޝާފިއުގެ އާއިލާގެ ފަރާތުން އެ ދެމަފިރިންނާ ގުޅޭނެ ފޯނު ނަންބަރެއް ދިނުމަށް މިމަހުގެ ދެވަނަ ދުވަހު އެދިފައިވާނެ ކަމަށެވެ. ނަމަވެސް ނަންބަރު ފޯރުކޮށްދީފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

ޝާފިއުގެ އާއިލާ އިން އެޗްއާސީއެމްއަށް މައުލޫމާތު ދިން ގޮތުގައި ޝާފިއު އާއި އަނބިމީހާ، ގދ. ގައްދޫ، މާލިލީގޭ، ޝަހުދާ ހަމީދު، 33، އާއި ހަތަރު ކުދިންގެ ހާލުވެސް ރަނގަޅެވެ. އަދި އެ މީހުން ތިބީ ރައްކާތެރި ސަރަހައްދެއްގައި ކަމަށްވެސް އާއިލާއިން ބުނި ކަމަށް ޔާމީން ވަނީ މައުލޫމާތު ދެއްވާފަ އެވެ.

ޝާފިއު އާއި ޝަހުދާގެ ހަތަރު ދަރިންނާ އެކު ހައްޔަރުކުރީ ނޮވެމްބަރު 11، 2018 ގައި އަންގަރްހާރު ޕްރޮވިންސުންނެވެ. އަފްގާނު ކޯޓަށް ހާޒިރުކޮށް ޓެރަރިޒަމްގެ ކުށް ސާބިތުވުމުން އެ މީހުން 21 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ އަފްޣާންގެ ކުރީގެ ރައީސް އަޝްރަފް ޣަނީގެ ވެރިކަމުގަ އެވެ.

ދަރިންނާ ވެސް އެކު ޖަލުގައި ބަންދުކޮށްފައި ތިބި ޝާފިއު އާއި ޝަހުދާ މިނިވަންވީ، އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމާއެކު ތާލިބާން ވެރިކަމަށް އައިސްގެނެވެ. ތާލިބާނުން އަފްގާނު ހިފުމުގެ ކުރިން ދިވެހި ސަރުކާރުން ދިޔައީ އެމީހުންގެ ހަތަރު ކުދިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!