ޖުލައި 19، 2021: ފަތުރުވެރިން ރާއްޖޭ މައި އެއާ ޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެ ޔޫކޭގެ ރެޑް ލިސްޓުން ނަގައިފި

އިނގިރޭސިވިލާތަށް ދަތުރުކުރެވޭ ގޮތަށް ލުއި ދިނުމަށް އެ ގައުމުން މިފަހަރު ހެދި ރިވިއުގައި ރެޑްލިސްޓު ގައުމުތަކުން ރާއްޖެ ނަގައިފިއެވެ. ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ، ޔޫކޭގެ ރެޑް ލިސްޓްގައި ރާއްޖެ ހިމެނުނީ މިދިޔަ މެއި މަހުގެ ކުރީކޮޅެވެ. ރާއްޖެއިން އިނގިރޭސިވިލާތަށް ދަތުރުކުރާ އެންމެން ވެސް ދިހަ ދުވަހު ކަރަންޓީނު ވާންޖެހޭނެ އެވެ. ޔޫކޭގެ ރެޑްލިސްޓުން ރާއްޖެ ނެގުމާއެކު ކަރަންޓީނުވުމަކާ ނުލައި އެ ގައުމުން ރާއްޖެއަށް ދަތުރުކުރެވޭނެއެވެ. މި މަހުގެ 22 ވަނަ ދުވަހުން ރާއްޖޭގެ އިތުރުން ޕާކިސްތާނާއި ތުރުކީއާއި ސްރީލަންކާ ހިމެނޭހެން ޖުމްލަ އަށް ގައުމަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ ކަމަށް އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ސެކްރެޓަރީ ގްރޭންޓް ޝެޕްސް ވަނީ ބުނެފައެވެ. މީގެ އިތުރުން، ދަތުރުކުރާ މީހުންނަށް އެ ގައުމުން ވަނީ އިތުރު ލުއިތަކެއް ވެސް ދީފައެވެ. އެގޮތުން އަންނަ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުން ގްރީން ލިސްޓުގައިވާ ގައުމަކަށް ދަތުރު ކުރާނަމަ ދަތުރު ފެށުމުގެ ކުރިން ހަދަން ޖެހޭ ޕީސީއާރް ޓެސްޓު ހަދަން ނުޖެހޭނެއެވެ. ރާއްޖެ ރެޑް ލިސްޓުން ނަގައިފައި މިވަނީ މިވަނީ ރާއްޖެއިން އިނގިރޭސިވިލާތަށް ކަނަޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް، ރާއްޖެ އެގައުމުގެ ރެޑްލިސްޓުގައި އޮންނަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ މީގެ އިތުރުން ވެސް އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން ދުނިޔޭގެ ހުރިހާ ގައުމަކަށް ދަތުރުކުރުމުގައި ވެސް ބައެއް ފަސޭހަ ގޮތްތައް ހަމަޖައްސައިދޭނެ ކަމަށް ޝެޕްސް ބުނެފައިވެއެވެ. އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!