ހިޔާ ފްލެޓަށް ފެންވަންނަ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް

ވިއްސާރައިގައި ހިޔާ ފްލެޓަށް ފެން ވަންނަ މައްސަލަ ބޮޑު ވެއްޖެ

މިއަދު މާލެ ސަރަހައްދަށް މޫސުން ގޯސް ވެ ކުރި ވިއްސާރައިގައި ހިޔާ ފްލެޓްގެ އެޕާޓްމަންޓްތަކަށް ފެން ވަދެ، ގިނަ ބަޔަކު ހިޔާ ފްލެޓަށް އަނެއްކާ ވެސް ފާޑު ކިޔަން ފަށައިފިއެވެ. މިދިޔަ ސަރުކާރުން އެޅި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުން ހެދުމަށް ފަހު އެތަން ވަނީ ފްލެޓް ލިބުނު މީހުންނާ ހަވާލުކޮށްފައެވެ. އެ ގޮތުން ފްލެޓް ލިބުނު ބައެއް މީހުން އެތަނަށް ދިރިއުޅުން ބަދަލުކޮށްފައި ވާ އިރު އަނެއް ބަޔަކު އަންނަނީ ފިނިޝިންގެ މަސައްކަތްތައް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ. މިއަދު މާލެ ސަރަހައްދަށް ވަނީ ވަރަށް ބޯކޮށް ވާރޭ ވެހިފައެވެ. މިއަދު ކުރި ވިއްސާރައިގައި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ބައެއް މީހުން ވަނީ އެ ފްލެޓްތަކަށް ވީ ގެއްލުން ހިއްސާ ކޮށްފައެވެ. އެ ގޮތުން ވިއްސާރައިގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބައެއް މީހުން ބުނެއެވެ. އެޕާތްމަންޓްތަކަށް ފެން ވަދެފައި ވަނީ ފާރުން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި އެޕާޓްމަންޓްގައި ހުރި ކުޑަ ދޮރުތަކުން ވެސް އެތެރެއަށް ފެން ވަދެ އެޕާޓްމަންޓް ތެރެ ވަނީ ފެންބޮޑުވެފައެވެ. މިހާރު އެ ފްލެޓްތަކަށް ފެންވަދެފައިވާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ވެސް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ބޯކޮށް ވާރޭ ވެހެމުން ދިޔަ އިރު އިމާރާތުގެ މަތިން ތިރިއަށް އޮހިގެން ދާ ފެންތައް ކުޑަ ދޮރުތަކުގެ ދޭތެރެއިން ވަންނަތަން ފެނެއެވެ. އަދި ފެން ވަދެ ބައެއް މީހުން ހިފާ ގެންގުޅޭ ސާމާނުތަކަށް ވެސް ގެއްލުން ވި ކަމަށް ވެސް މައުލޫމާތު ލިބެއެވެ. މި މައްސަލަ ފެންމަތިވުމާ ގުޅިގެން އެޗްޑީސީގެ އެމްޑީ އަހްމަދު ސުހައިލް ވަނީ ފެން ވަދެފައިވާ ފްލެޓްތައް ބަލައި ތަނުގެ ހާލަތު ދެނެގަތުމަށް ޒިޔާރަތް ކުރައްވާފައެވެ. އެޗްޑީސީން ބުނީ، މިއަދު ކުރި ވިއްސާރައިގެ ސަބަބުން ބައެއް އެޕާޓްމަންޓްތަކުގައި ހަރުކޮށްފައިވާ ކެހޭ ކުޑަދޮރުތަކުން އެޕާޓްމަންޓް ތެރެއަށް ފެން ވަދެފައިވާ ކަމަށެވެ. އަދި އެޗްޑީސީން މިހާރު އަންނަނީ އެކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންކަން ބަލަމުން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ. ފްލެޓްތަކަށް ބަދަލުވި ބައެއް މީހުން އެތަނަށް ބަދަލުވެފައި ވަނީ ތަށިމުށިވެސް އަދި ނުޖަހައެވެ. އަނެއް ބަޔަކު އެތަނަށް ބަދލަުވި އިރު ތަށިމުށި ޖަހާ، އާ ފަރުނީޝަރު ވައްދާފައިވާ އިރު މިއީ އެފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި އެމީހުން ސިފަކުރެއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!