ޅ. ފެލިވަރު މަސް ބަންދުކުރާ ފެކްޓްރީ -- ފޮޓޯ: ފެލިވަރު

ކެނދިކުޅުދޫގައި ގޭދޮށު މަސް ފެކްޓްރީ އަޅައިދޭނެ ބަޔަކު އަލުން ހޯދަނީ

ނ. ކެނދިކުޅުދޫގައި ގޭދޮށު މަސްފެކްޓްރީ އަޅައިދޭނެ ބަޔަކު ހޯދުމަށް އަލުން އެ ރަށު ކައުންސިލުން އިއުލާނުކޮށްފިިއެވެ. އެ ރަށު ކައުންސިލުން ބުނީ ކެނދިކުޅުދޫގައި ގޭދޮށު މަސް ފެކްޓްރީ އަޅައިދޭނެ ބަޔަކު ހޯދުމަށް އަލުން އިއުލާނުކޮށްފައިވަނީ މިދިޔަ މަހުގެ 29ވަނަ ދުވަހު ކޮށްފައިވާ އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިިބިފައިނުވާތީކަަމަށެވެ. އެ ކައުންސިލުން އިއުލާނުކޮށްފައިވަނީ މަސް ފެކްޓްރީ ފަރުމާކޮށް އަމިއްލަ ތަކެތީގައި އަޅައިދޭނެ ފަރާތެއް ހޯދުމަށެވެ. ކެނދިކުޅުދޫ ކައުންސިލުން ވަނީ އެ މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބުރާސްފަތި ދުވަހުގެ މެންދުުރު 14:00ގެ ކުރިން އެ ރަށު ކައުންސިލަށް ދިޔުމަށް ނުވަތަ އެ ކައުންސިލުގެ ފޯނު ނަމްބަރު 6560013 އަށް ގުޅަން އެދިފައެވެ. އަދި އެ ކައުންސިލުގެ މެއިލް މެދުވެރިކޮށް ބިޑުގައި ރަޖިސްޓްރީވުމަށް ވެސް އެދިފައެވެ. އެގޮތުން [email protected] އަށް މެއިލްކުރުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ. މި މަސައްކަތުގެ ދަށުން ކެނދިކުޅުދޫގައި ތަރައްގީކުރާ ގޭދޮށު މަސް ފެކްޓްރީގައި 20 ޓަނުގެ އައިސް އުފައްދާ އައިސް ޕުލާންޓަކާއި، 30 ޓަނުގެ މަސް ރައްކާކުރެވޭނެ އައިސް ސުޓޯރުތަކެއް ތަރައްގީކުރަން ޖެހޭނެކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ. އަދި މަސްކަނޑާ 10 ސްޓޭޝަނާއި، ޑިޖިޓަލް ސްކޭލް ބޭނުންކޮށް މަސްކިރާނެ ފަސް ސަރަހައްދެއްގެ އިތުރުންމަސް ޕްރޮސެސްކޮށް ބަންދުކުރާ ހަ ސްޓޭޝަނެއް ތަރައްގީކުރަން ޖެހެއެވެ. މީގެ އިތުރުން އޮފީސް ކޮޓަރިއަކާއި، ތަހުލީލުކޮށް، ކޮލެޓީ ޗެކުކުރާނެ ލެބޯޓަރީއެއްގެ އިތުރުން އެހެނިހެން ވަސީލަތްތައް ގާއިމްކުރުން ވެސް ހިމެނެއެވެ. ގޭ ދޮށު މަސް ފެކްޓްރީގެ ވައުދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. މި ވައުދުގެ މަސައްކަތަކީ އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!