އަލަށް ތައށާރަފްކުރާ ދެ ޗަނަލް ކަމަށްވާ "ހިޓްސް" އާއި "ހިޓްސް މޫވީޒް" --

މާޒީގެ ހަނދާން އާކޮށް، މުނިފޫހިފިލުވުމަށް މީޑިއާ ނެޓުން އާ ޗެނަލްތަކެއް

މީޑިއާ ނެޓުން މުނިފޫހި ފިލުވުމަށް ހާއްސަކޮށް އާ ދެ ޗެނަލް ތައާރަފްކޮށްފިއެވެ. އެގޮތުން މިފަހަރު މީޑިއާ ނެޓުން ތައާރަފްކޮށްފައިވަނީ މަޝްހޫރު ދެ ޗަނަލް ކަމަށްވާ “ހިޓްސް” އާއި “ހިޓްސް މޫވީޒް”އެވެ. މީޑިއާ ނެޓުން ބުނީ މީޑިއާ ނެޓުގެ ހިޓްސް ޗެނަލަށް 813 އަށް ޓިއުން ކޮށްލުމުން މަޝްހޫރު އިނގިރޭސި ސީރީޒްތައް ބަލައިލެވޭނެކަމަށެވެ. މީގެ ތެރޭގަ މައިންޑް ޔޯ ލެންގުއެޖް، ޝާލޮކް ހޯލްމްސް އަދި ޔެސް މިނިސްޓަރު ފަދަ ސީރީޒްތައް ހިމެނެއެވެ. އަދި ހިޓްސް މޫވީސް ޗެނަލަށް 808 އަށް ޓިއުން ކޮއްލައިގެން ބޮލީވުޑުގެ ހިޓް ފިލްމުތައް ބަލައިލެވޭނެކަމަށް ވެސް ބުންޏެވެ. އެގޮތުން ބެކްޓު ދަ ފިއުޗާ، ސުޕަމޭން-3 ފަދަ ފިލްމުތައް ހިމެނެއެވެ. ހަމައެއާއެކު އެކްޝަން ފިލްމުތަކާއި، ބިރުވެރި ފިލްމުތަކުގެ އިތުރުން އެހެން ދާއިރާތަކުގެ ފިލްމު ވެސް ހިޓްސް ޗެނަލުން ފެނިގެންދާނެއެވެ. މާލެއާއި އަތޮޅުތެރޭގައި މީޑިއާނެޓު ބޭނުންކުރާ ފަރާތްތަކަށް ވެސް މި ޗެނަލް މިހާރު ލިބޭނެކަމަށް މީޑިއާނެޓުން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!