ރައީސް ސޯލިހް މިހާރު ށ. އަދި ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހް ރ. އަތޮޅަށް ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ރ. އަތޮޅަށް ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން މިއަދު ރ. އަތޮޅަށް ވަޑައިގެންނެވީ ށ. އަތޮޅުގެ ހަތަރު ރަށަކަށް އިއްޔެ އާއި މިއަދު ވަޑައިގަތުމަށް ފަހު އެވެ.

ށ. އަތޮޅުން ރައީސް ވަޑައިގެންނެވީ ފުނަދޫ އާއި ޅައިމަގާއި ފޯކައިދޫ އަދި މާއުނގޫދޫ އަށެވެ.

ރައީސް ސޯލިހުގެ ދެކަނބަލުން މިއަދު ރ. އަތޮޅުން ފުރަތަމަ ވަޑައިގަތީ އެ އަތޮޅު ވާދޫ އަށެވެ. ރައީސްގެ މި ދަތުރުފުޅުގައި ވާދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލު ކުރެއްވުމަށް ފަހު އެ ރަށުގައި ހަދަމުންދާ މިސްކިތެއްގެ މަސައްކަތް ބައްލަވާލައްވާނެ އެވެ.

ރައީސްގެ ރ. އަތޮޅު ދަތުރުފުޅުގައި ވާދޫގެ އިތުރުން ވަޑައިގަންނަވާނީ އަލިފުށި، ރަސްގަތީމު އަދި އަނގޮޅިތީމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!