ރައްޔިތުންގެ މަޖިލީސް / ފޮޓޯ: މަޖިލިސް އިދާރާ

ބިމާބެހޭ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލަށް ހިޔާލު ހޯދަން ހުޅުވާލައިފި

ބިމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ހިޔާލު ހޯދަން ހުޅުވާލައިފިއެވެ. މަޖިލީހުން ބުނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ދިރާސާކުރަމުން ގެންދާ ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެބިލަށް އެއްވެސް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ ސެޕްޓެމްބަރު 15، 2021 ވާ އަންގާރަ ދުވަހުގެ 8:00 ގެކުރިން ކޮމިޓީގެ މެއިލް އެޑްރެސް އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވާ ދިނުމަށް މަޖިލީހުން ވަނީ އެދިފައެވެ. ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުއެވެ. އެ ބިލުގައި ބުނެފަައިވަނީ އެކި ބޭނުންކަތަކާއި ކަންކަމަށް އެކަށައަޅާ ބިންތައް ކަމާބެހޭ މިނިސްޓްރީތަކާއި ދައުލަތުގެ އިދާރާތަކާ ހަވާލުކުރުމަކީ މިނިސްޓްރީން ކުރާ ކަމެއް ކަމަށެވެ. އެގޮތަށް ބިން ހަވާލުކުރުމާއި ބިން ވަކިކުރުމުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދެއް ހަދަންޖެހޭނެ ކަމަށްވެސް އެ ބިލުގައި ބުނެފައިވެއެވެ. އަދި ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން އެ ކައުންސިލުތަކުން ދޫކޮށް ކުއްޔަށްދީ ބިމާބެހޭ އެހެނިހެން މުއާމަލާތްކުރަންވާނީ އެ ގާނޫނާ އެ ގާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދުތަކުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އެ ބިލަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި މިނިސްޓްރީތަކާއި އަދި އެހެން ފަރާތްތަކާއި ހަވާލުކުރެވޭ ބިންތަކާއި ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތައް ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!